(މި ކިޔައިދެނީ ދެމަފިރިންގެ ދެމެދުގައި މުއާމަލާތެއް ހިނގައިފައިނެ ގޮތާއި އެ ކަމުން ލިބޭ ފިލާވަޅުތަކެވެ.)
އެއް ދުވަހަކު އަންހެނަކު ބާޒާރުކުރަން ދިޔައެވެ. ފައިސާ ދައްކާ ކައުންޓަރަށް ގޮސް ޕާސް ހުޅުވައިލިއެވެ.
އޭނާގެ އަތްދަބަސް ތެރޭގައި ޓީވީގެ ރިމޯޓެއް އޮއްވައި ކޭޝިއަރަށް އެ ކަން ފާހަގަކުރެވުނެވެ.
ކޭޝިއަރު ކަންބަލާހިތްވިލެއް ބޮޑުކަމުން އަންހެންމީހާއާ ސުވާލުކުރިއެވެ: "ތިބާ އަބަދު ވެސް އުޅެނީ ޓީވީ ރިމޯޓް ހިފައިގެން ހެއްޔެވެ؟"
އަންހެންމީހާ ޖަވާބުދިނެވެ: "ނޫނެކެވެ. އަބަދަކު ނޫނެވެ. މިއަދު ވީ ގޮތަކީ ފުޓުބޯޅަ މެޗެއް ބަލަންވެގެން އަހަރެންގެ ފިރިމީހާ އަހަރެންނާއެކު ބާޒާރުކުރަން ނައީއެވެ."
(މި ހިސާބުން ލިބޭ ފިލާވަޅު: އަނބިމީހާގެ ހުރިހާ "ހޮބީއެއްގައި" ފިރިމީހާ ބައިވެރިވުން މުހިންމެވެ.)
ކޭޝިއަރު ހިނިގަނޑެއްޖަހައިލިއެވެ. އަދި އަންހެންމީހާ ގަންނަން ގެނައި ހުރިހާ މުދަލެއް އަނބުރާ ޓްރޮލީއަށް ލިއެވެ.
ސިހިފައި ހުރެ އަންހެންމީހާ ކޭޝިއަރު ކުރެން އެއްސެވެ: "ތިޔަ ކުރީ ކޮން ކަހަލަ ކަމެއް ހެއްޔެވެ؟"
ކޭޝިއަރު ޖަވާބުދިނެވެ: "ތިބާގެ ކްރެޑިޓް ކާޑް ތިބާގެ ފިރިމީހާ ވަނީ ބްލޮކްކޮށްފައެވެ."
(މި ހިސާބުން ލިބޭ ފިލާވަޅު: ފިރިމީހާގެ ހުރިހާ "ހޮބީއަކަށް" އިހްތިރާމްކުރާށެވެ.)
އަންހެންމީހާގެ އަތްދަބަހުން ފިރިމީހާގެ ކްރެޑިޓް ކާޑް ނެގިއެވެ. އަދި މެޝިނުގައި ސްވައިޕްކުރިއެވެ. ފިރިމީހާގެ ނަސީބު ދެރަކަމުން ފިރިމީހާ އޭނާގެ އަމިއްލަ ކާޑު އޮތީ ބްލޮކްނުކޮށެވެ.
(މި ހިސާބުން ލިބޭ ފިލާވަޅު: އަނބިމީހާގެ ބާރާއި ވިސްނުންތެރިކަމާމެދު ޝައްކުނުކުރާށެވެ.)
މެޝިނުގައި ކާޑު ސްވައިޕްކުރުމުން މެޝިނަށް މެސެޖެއް އައެވެ. އެ މެސެޖަކީ: "ތިބާގެ މޮބައިލް ފޯނަށް ފޮނުވި ޕިން ނަންބަރު ޖަހައިށެވެ."
(މި ހިސާބުން ލިބޭ ފިލާވަޅު: ފިރިމީހާ މޮޅުނުވާނެ ކޮޅަށް އެޅުމުން، އޭނާ ސަލާމަތްވާނީ މެޝިނުގެ "ވިސްނުންތޫނު" ކަމުންނެވެ!)
އަންހެންމީހާ ހިނިތުންވެލައިފައި އޭނާގެ އަތްދަބަހަށް ނޮޓިފިކޭޝަނެއް އައި ފޯނެއް ނެގިއެވެ. އެ ފޯނަކީ އޭނާގެ ފިރިމީހާގެ ފޯނެވެ. ފޯނަށް ޕިން ނަންބަރު އައި އެސް.އެމް.އެސް ލިބުނީއެވެ.
ފިރިމީހާގެ ފޯން ހިފައިގެން އައީ އަނބިމީހާ ޝޮޕިންކުރާއިރު ފިރިމީހާ އޭނާއަށް ފޯނުކޮށްފާނެތީއެވެ.
އަނބިމީހާ ބޭނުންވި ތަކެތި ގަނެލައިގެން އުފަލުން ހުރެ އެނބުރި ގެއަށް ދިޔައެވެ.
(މިހާ ހިސާބުން ލިބޭ ފިލާވަޅު: ގޮތްހުސްވެފައިވާ އަންހެނެއްގެ ވިސްނުންތެރިކަމާމެދު ޝައްކުނުކުރާށެވެ.)
ގެއަށް އައިސް ބަލައިލިއިރު ފިރިމީހާގެ ކާރެއް ނެތެވެ.
ދޮރުގައި ފިރިމީހާ ވަނީ މެސެޖެއް ހަރުކޮށްފައެވެ. އެ މެސެޖުގައި ލިޔެފައިވަނީ: "ރިމޯޓެއް ނުފެނުނެވެ. މިހެންވެ، މެޗު ބަލަން މި ދިޔައީ ރައްޓެހިންނާއެކުއެވެ. ގެއަށް އާދެވޭނީ ލަހުންނެވެ. ކަމެއް ބޭނުންވެއްޖެ ނަމަ މަގޭ ފޯނަށް ގުޅައިށެވެ."
ފިރިމީހާ ގެއިންދިޔައީ ގޭގެ ތަޅުދަނޑި ވެސް ހިފައިގެންނެވެ!
(އާހިރުގައި ލިބުނު ފިލާވަޅު: ފިރިމީހާގެ އަމަލުތައް ކޮންޓްރޯލް ކުރަން ނޫޅޭށެވެ. އަބަދު ވެސް ގެއްލުން ލިބޭނީ ތިބާއަށެވެ!)
ނޯޓު: ތަރުޖަމާއެއް



advertisment