ވެޔޭ އުފާ އުފާ ވެޔޭ
މިއަދު ވަރަށް އުފާވެޔޭ
އެނގޭހެ މީ ކޮން ދުވަހެއް؟
ގައުމުގެ ގައުމީ ދުވަހޭ
ކާލުފުރެތި ބަޔަކު އައިސް
ކުޅަ ދުހުގައި މިތާ ފަތިސް
ޢަލީ ހަވަނަ ޝަހީދުކޮށް
ތަޚުތު ދިވެހި އަތުލީޔޭ
ތާރީޚުން ބުނާގޮތުން
ލިޔެފައިކަން އެހެރަ ގޮތުން
ކަރުނަ ލޮލުން ނުހިކޭހައި
ހާލަތުގައި ރާއްޖެ އޮތޭ
ކިޔާ އާނދިރި އަނދިރީންނޭ
މީހަކު ވެރި ތަނަށް ވިޔޭ
އެހެނަސްވެސް އޭނަ މަރައި
ގައުމު ސަލާމަތް ކުޅަޔޭ
ނުކުމެ އުތީމު ތިން ބެއިން
ވަގުތަކު މޮޅު ނުކުމެ ގެއިން
ޖިހާދަކުން ޖިހާދުކޮށް
ރާއްޖެ ފަތަޙަ ކުރެއްވިޔޭ
އެކަމާމެދު ޝުކުރު ކުރުން
ދިވެހީންނަަށް ޖެހޭ ކަމުން
ޙަމްދު ކުރޭ ކަލާނގެޔަށް
ތިންބެއިނަށް ޝުކުރު ކުރޭ
