Support Us

އައި.އެސް.އެސް.ގައި ތާށިވެފައި ހުންނަން ޖެހިފައިވާ ދެ އެސްޓްރޮނޯޓުން ކަމަށްވާ ސުނީތާ ވިލިއަމްސް (ވ) އަދި ބުޗް ވިލްމޯ

ދެ އެސްޓްރޮނޯޓުންނާ ނުލައި ސްޓާލައިނަރ އެނބުރި އަންނަނީ

ޓެކްނިކަލް މައްސަލަ ޖެހިފައިވާ ބޮއިންގްގެ ސްޓާލައިނަރ އުޅަނދު އަންނަ ހުކުރު ދުވަހު އެނބުރި ދުނިޔެއަށް އަންނައިރު އޭގެ ދެ ފަޅުވެރިން މި ވަގުތަށް ނުގެންނަން އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން ނިންމައިފިއެވެ.

މި މަހުގެ ހައެއްގައި ސްޓާލައިނަރ އެނބުރި އަންނައިރު އޭގެ ދެ އެސްޓްރޮނޯޓުން ކަމަށްވާ ސުނީތާ ވިލިއަމްސް އާއި ބުޗް ވިލްމޯ އަންނަ އަހަރުގެ ފެބްރުއަރީ މަސް އަންނަންދެން ތިބޭނީ އިންޓަނޭޝަލް ސްޕޭސް ސްޓޭޝަން (އައި.އެސް.އެސް)ގައެވެ.

ސްޓާލައިނަރ އެނބުރި މި އަންނަނީ އައި.އެސް.އެސް.ގައި ބަނދަރުކޮށްފައި އޮންނަތާ ތިން މަސް ފަހުންނެވެ.

ސްޓާލައިނަރ ޖައްސައިނީ އެމެރިކާގެ ނިއު މެކްސިކޯ ސްޓޭޓްގެ ވައިޓް ސޭންޑްސް ޖައްވީ ހާބަރަށެވެ.

ބޮއިންގްގެ ސްޓާލައިނަރ ޖައްވީ އުޅަނދު

ދުނިޔެ ވަށައި އޯބިޓުކުރަމުންދާ ޖައްވީ ލެބޯޓްރީ ކަމަށްވާ އައި.އެސް.އެސް.އަށް ސުނީތާ އާއި ބުޗް ދަތުރުކުރީ މިދިޔަ ޖޫން މަހުގެ ފަސް ވަނަ ދުވަހުއެވެ. ދިޔައީ ހަމައެކަނި އަށް ދުވަހަށް ކަމަށް ވިޔަސް ސްޓާލައިނަރއަށް ޓެކްނިކަލް މައްސަލަތަކެއް ދިމާވުމުން އެ އުޅަނދުގައި ދުނިޔެއަށް އެނބުރި އައުމުގެ އުއްމީދުކެނޑުނެވެ.

މިދިޔަ މަހުގެ 24 ގައި ނާސާއިން ބުނީ ސްޓާލައިނަރއިން ގޭސް ލީކުވާ ކަމަށާއި އިންޖީނުގައި ވެސް މައްސަލަ ޖެހިފައިވާ ކަމަށް އިންޖިނޭރުން ބުނި ކަމަށެވެ. މިހެންވެ އިންސާނުންގެ ފުރާނައަށް ނުރައްކާވެދާނެތީ ސުނީތާ އާއި ބުޗް ސްޓާލައިނަރގައި ގެނެވެން ނެތް ކަމަށް ނާސާއިން ބުންޏެވެ.

"ސްޓާލައިނަރ އެނބުރި އަންނަ ގޮތުން އެނގޭނެ ބޮއިންގް ޕްރޮގްރާމްގެ ކުރިމަގު އަންދާޒާކޮށްލަން،" ނާސާއިން ބުންޏެވެ.

ބޮއިންގްއަކީ ވައިގެ ދަތުރުފަތުރާ ބެހޭ އެންމެ ބޮޑެތި ހިދުމަތްތައް ދޭ އެމެރިކާގެ ކުންފުންޏެވެ. ސްޓާލައިނަރ މަޝްރޫއުގެ ސަބަބުން ބޮއިންގްއަށް މިހާރު ވެސް ވަނީ 1.5 ބިލިއަން ޑޮލަރު (23 ބިލިއަން ރުފިޔާ)ގެ ގެއްލުންވެފައެވެ.

ސުނީތާ އާއި ބުޗް މިހާރު ދުނިޔެއަށް އެނބުރި އަންނަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހު ސްޕޭސް އެކްސް ކުންފުނީގެ ޖައްވީ އުޅަނދެއްގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *