ކޮވިޑް19 ޖެހިގެން ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ހުރި އުމުރުން ދުވަސްވީ މީހަކު މަރުވެއްޖެއެވެ.
ހެތްލް ޕްރޮޓެކްޝަން އެޖެންސީން ބުނީ ކޮވިޑް ޖެހިގެން ރޭ ފަތިހު މަރުވީ އުމުރުން 73 އަހަރުގެ ފިރިހެނެއް ކަމަށެވެ.
އެމީހާ މަރުވީ ފަތިސް ނަމާދަށް ހުއްޓާ ހާލު ގޯސްވެގެން ޑޮކްޓަރުންނާ ނަރުހުން ފަރުވާ ދެމުން ގެންދަނިކޮށެވެ. އެމީހާއާ އެކު އޭނާގެ އަންހެނުން ވެސް ގެންދަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުންނެވެ.
ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު މިވަނީ 28 އަށް އަރައިފައެވެ.
ކޮވިޑް19 ޖެހޭ މިންވަރު މި އޮގަސްޓް މަހު ދަނީ އިތުރުވަމުންނެވެ. އެޗްއީއޯސީއިން ކޮށްފައިވާ ދިރާސާއިން ދައްކާ ގޮތުގައި މި އޮގަސްމަހު ދުވާލެއްގެ މައްޗަށް 170 މީހުން ކޮވިޑަށް ޕޮޒިޓިވްވާނެ އެވެ. އަދި އެ ސެންޓަރުން އަންދާޒާ ކުރި ވަރަށްވުރެ އިތުރަށް މި އޮގަސްޓް މަހުގެ 2 ވަނަ ދުވަހު 215 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.



advertisment