ދިވެހިރާއްޖޭގެ ކުޑަކުޑަ ރަށެއްގައި އާދަމް ނަމަކަށް ކިޔާ ޒުވާން ފިރިހެން ކުއްޖަކު އުޅުނެވެ. އާދަމްގެ ޢާއިލާއަކީ ވަރަށް ފަގީރު ޢާއިލާއެކެވެ. އެހެންނަމަވެސް އާދަމަކީ ވަރަށް ތެދުވެރި، އަމާނާތްތެރި ކުއްޖެކެވެ. އޭނާގެ މައިންބަފައިން އޭނާއަށް ކުޑައިރުއްސުރެ ދީނީ ތަރުބިއްޔަތު ދީ، ރަނގަޅު އަޚްލާޤު އަށަގެންނެވިއެވެ.
އެއްދުވަހަކު އާދަމް މަސްވެރިކަމަށް ދިޔައެވެ. އެދުވަހު މަސްބާނަން ދަތިވެ، ގިނައިރު ވަންދެން މަސައްކަތް ކުރުމަށްފަހު، އެންމެ މަހެއް ބޭނުނެވެ. ނަމަވެސް އެމަހަކީ ވަރަށް ބޮޑު، އަގުބޮޑު މަހެކެވެ. އާދަމް އެމަސް ވިއްކަން ބާޒާރަށް ދިޔައެވެ. އެހިނދު، އެމަސް ގަންނަން އައި މީހަކު އޭގެ އަގު ސާފުކުރިއެވެ. އާދަމަށް އެނގުނީ އެމީހާއަށް މަހުގެ އަސްލު އަގު ނޭނގޭކަމެވެ. އާދަމަށް ފަސޭހައިން ބޮޑު އަގެއް ކިޔައި، ގިނަ ފައިސާ ހޯދިދާނެއެވެ. ނަމަވެސް އާދަމް އެކަން ނުކުރިއެވެ. އޭނާ ތެދުވެރިކަމާއެކު މަހުގެ ހަގީގީ އަގު ކިޔައިދިނެވެ. އޭނާ ކީ ކުޑައަގެކެވެ. އޭނީ ކީ 15ރ. އެވެ.
އޭރު އެތަނުގައި ރިސޯޓަކަށް ގެންދަން މަސްގަންނަން އައިސް ހުރި މީހަކު ހުއްޓެވެ. އޭނާ ބުންޏެވެ. "އާދަނާ. ކަލޭ މޮޔަތަ؟ އަހަރެން 1500ރ. ވަގުތުން ދީފާނަން. ގެނޭ ތިމަސް މަށަށް."
އާދަނު ބުންޏެވެ. "އަހަރެން މިހާރު މީހަކަށް 15ރ. އަށް ވިއްކަން އަގުކިޔައިފިން. އޭނަގެ ތިން ދަރިންނާއި ބޮޑު އާއިލާއެއް އޮވޭ. އޭނާއަށް މި އަގުގައި މި މަސް ގަނެވޭނެ. އޭރުން އެއާއިލާއަށް މީރުކޮށް ކާލެވޭނެ."
މިކަން ދުށް އެހެން މީހުން އާދަމްގެ ތެދުވެރިކަމާމެދު އަޖައިބުވިއެވެ. މި ޚަބަރު ރަށުތެރޭގައި ފެތުރިގެން ދިޔައެވެ. މީހުން އާދަމްގެ ތެދުވެރިކަމަށް ތަޢުރީފުކޮށް، އޭނާއަށް އިޙްތިރާމް ކުރަން ފެށިއެވެ. ދުވަސްތަކެއް ވޭތުވެގެން ދިޔައިރު، އާދަމަކީ ރަށުގެ އެންމެން އިތުބާރުކުރާ މީހަކަށް ވެގެން ދިޔައެވެ.
އާދަމްގެ ވިޔަފާރިއަށް ބަރަކާތްލެއްވި، އޭނާގެ ދިރިއުޅުން ތަނަވަސްވެގެން ދިޔައެވެ. އޭނާގެ ތެދުވެރިކަމުގެ ސަބަބުން ގިނަ ބަޔަކު އޭނާ ކަންތައް ކުރިގޮތް ދަސްކޮށް އެގޮތަށް ކަންތައް ކުރަން ވެސް ފަށައިފިއެވެ. އާދަމް އަބަދުވެސް މީސްތަކުންނަށް ހެޔޮލަފާ ދީ، ދީނުގެ ރިވެތި އަޚްލާޤުގެ މަތީގައި ދެމިހުރުމަށް ބާރުއަޅައެވެ.
މިވާހަކައިން އަޅުގަނޑުމެންނަށް އެނގެނީ ތެދުވެރިކަމަކީ އިންސާނާގެ އެންމެ މަތިވެރި ސިފަކަމެވެ. މާތްކަލާނގެ ތެދުވެރިންނަށް ދުނިޔެއާއި އާޚިރަތުގައި ހެޔޮ ޖަޒާ ދެއްވާނެތެވެ.



advertisment