ދިވެހިރާއްޖޭގެ ކުޑަ ޖަޒީރާއެއްގައި، ވަށައިގެން ވިލުނޫ މޫދަކާއި ވަޔާއެކު ހޫރެމުދާ ރުއްތަކުގެ ބަގީޗާއެއްގައި ދިރިއުޅެމުން ދިޔައީ އައިޝާ ކިޔާ ޒުވާން ކުއްޖެކެވެ. ހުވަފެންތަކުން ފުރިފައިވާ އައިޝާއަކީ އަބަދުވެސް ކިޔަވައިގެން އުޖާލާ މުސްތަގުބަލެއް ބިނާކުރަން ބޭނުންވި ކުއްޖެކެވެ. ތަޢުލީމު ޙާޞިލުކުރުމަށް ހަލަބޮލި ވެރިރަށް މާލެއަށް ބަދަލުވުމުގެ ފުރުޞަތު ލިބުމުން އައިޝާއަށް ލިބުނީ އުފާވެރިކަމެވެ. މިއީ އޭނާއަށް އަމިއްލައަށް ދިރިއުޅުމެއް ބިނާކުރަން ލިބޭ ފުރުސަތެއްކަން އޭނައަށް އެނގުނެވެ.
މާލޭގައި އައިޝާ ކިޔެވުމުގައި ބުރަކޮށް މަސައްކަތް ކުރި ނަމަވެސް ހުސެއިން ނަމަކަށް ކިޔާ ޒުވާނަކު އޭނާގެ ހިތް ދަމައިގަތެވެ. އޭނާއަކީ ޝައުގުވެރިކަމާ އެކު އޭނައަށް ފުންކޮށް އަޅާލާ ކަހަލަ މީހެކެވެ. އެ ދެމީހުން އެކުގައި ގިނަ ވަގުތު ހޭދަކުރަމުން ދިޔައިރު، މާގިނަ ދުވަސްތަކެއް ނުވެ، އޭނާއާ ކައިވެނި ކުރަން އެދުނެވެ. އައިޝާއަކީ ޒުވާން އަދި މައުސޫމު ކުއްޖެއް ކަމުން، މިއީ އެކުގައި އުޅެން ފެށުނު ރީތި ދިރިއުޅުމެއްގެ ފެށުން ކަމަށް ހީކޮށް އޭނާ އެއްބަސްވިއެވެ.
އެކަމަކު ހަގީގަތް ވެގެން ދިޔައީ ވަރަށް ތަފާތު ކަމަކަށެވެ. ކައިވެންޏަށްފަހު އައިޝާ ބަދަލުވީ ހުސެއިންގެ އާއިލީ ގެއަށެވެ. ގޭތެރެ ތޮއްޖެހިފައި އޮތުމުން އޭނާގެ ގާތްތިމާގެ ގިނަ މީހުން ދިރިއުޅެމުން ދިޔައެވެ. އެއީ އަޑުގަދަ، ހަލަބޮލި، އަދި އޭނަ ތަޞައްވުރު ކުރި ސުލްހަވެރި ދިރިއުޅުމެއް ފަދަ އެއްވެސް ކަމެއް ނެތް ތަނެކެވެ. އޭނާއަކީ ސަލާންޖަހަން އައި މީހެއް ކަމަށް ދެކެ އޭނައާ މެދު ކަންތައް ކުރަމުން ދިޔައީ ނިކަމެތިކޮށެވެ. ނިމުމެއް ނެތް މަސައްކަތްތައް ދީ، އިޙްތިރާމް ކުޑަކޮށްލައިފިއެވެ. އައިޝާގެ ކިޔެވުން ކުރިއަށް ގެންދިޔުމުގެ ހުވަފެންތައް ފަނޑުވެގެން ދިޔައީ ދުވަހުން ދުވަހަށް ކުރަން ޖެހިފައިވާ މަސައްކަތުގައ ދުވަހެއް ދުވަހަކަށް ތާށިވަމުން ދިޔަވަރަކަށެވެ.
އިސާހިތަކު އައިޝާ ބަލިވެއިނދެ ލޯބިލޯބި ފިރިހެން ކުއްޖަކު ވިހައިފިއެވެ. ދަރިފުޅު ދެކެ އޭނާ ވަރަށް ލޯބިވި ނަމަވެސް އޭނާގެ ދިރިއުޅުން އިތުރަށް ދަތިވެގެން ދިޔައެވެ. އެއް ދުވަހަކު އެހާ ލޯބިވާހެން ހީވި ފިރިމީހާ ބަދަލުވާން ފެށިއެވެ. ގޭގައި ހޭދަކުރާ ވަގުތު މަދުވެ، މަސައްކަތުގައި ގިނަ ވަގުތު ހޭދަކުރަމުން ދިޔައެވެ. އޭނާއަށް އެހެން އަންހެނަކު ފެންނަން ފެށިއެވެ. އައިޝާގެ ހިތް ފަޅައިގެން ދިޔައީ އޭނާ އާއި އެމީހުންގެ ދަރިފުޅަށް ވެސް ފަރުވާލެއް ނުބަހައްޓައި އޭނާ އިތުރަށް ދުރަށް ދާތަން ފެނުމުންނެވެ.
ދެން އެއް ދުވަހަކު ހުސެއިން ވަރިވާން ބޭނުންވާކަން އިއުލާންކުރިއެވެ. ރާއްޖޭގައި ވަރިވުމަކީ ފަސޭހަ ކަމަކަށް ވާތީ، ދެތިން ބަހަނާތަކަކާއެކު އެމީހުންގެ ކައިވެނި ނިންމާލީއެވެ. އައިޝާ ހުރީ ގޮތް ހުސްވެ ހަލާކުވެފައެވެ. އޭނައަށް މަޖުބޫރުވެގެން ގެއިން ނުކުންނަން ޖެހުނީއެވެ. ދާނެ ތަނެއް ނެތިއެވެ. އޭނަގެ އަތުގައި ފައިސާއެއްވެސް ނެތިއެވެ. މާލޭގެ ކުލި ބޮޑުވެ، އެކަނިވެރި މައެއްގެ ގޮތުގައި އޭނާގެ ދިރިއުޅުން ހޭދަކުރަމުން ދިޔައެވެ. އެކި މީހުންނަށް ދުވަހުން ދުވަހަށް އެކި މަސައްކަތް ކޮށްދީގެންނެވެ. ދިރިހުރުމަށްޓަކައި އާދަޔާ ހިލާފު މަސައްކަތްތަކެއް ކުރަން ޖެހުނުއިރު، ބައެއް ފަހަރު ހަމައެކަނި ދަރިފުޅަށް ކާންދިނުމަށް ވެސް އެހީތެރިކަމަށް މީހުންނަށް އާދޭސްކުރަމުން ދިޔައެވެ.
އަހަރުތައް ފާއިތުވަމުން ގޮސް އައިޝާގެ އަޒުމުގެ ސަބަބުން އޭނާ ކުރިއަށް ދެވުނެވެ. މަސައްކަތެއް ހޯދައި، އާ ހުނަރުތައް ދަސްކޮށް ހެދިއެވެ. އެއީ ފަހަރެއްގައިވެސް ފަސޭހަ ކަމެއް ނޫން މެއެވެ. އެކަނިމާ އެކަނި އެ ދަރިފުޅު ބަލާ ބޮޑުކުރަން ފެށިއެވެ.
މިހެން އުޅެނިކޮށް އެއް ދުވަހަކު އޭނާ ސިއްސުވާލާ ފަދަ ޚަބަރެއް އިވިގެން ދިޔައެވެ. އޭނާގެ ކުރީގެ ފިރިމީހާ ހުސެއިން ވަނީ ސީރިއަސް އެކްސިޑެންޓެއް ވެފައެވެ. އޭނާއަށް ވަރަށް ބޮޑަށް އަނިޔާވެފައިވާތީ އޭނާއަށް އަޅާލާނެ މީހަކު ބޭނުންވިއެވެ. އިތުރު މީހަކު ނުލިބިގެން އޭނާ އައިޝާ ހޯދީއެވެ.
އެނބުރި އައިސްފިނަމަ އޭނާ އަށް ރަނގަޅު ދިރިއުޅުމެއް ލިބޭނެ ކަމަށް ވައުދުވެ، ހުސައިން އޭނާ ގާތަށް އެނބުރި އައުމަށް އެދުމުން އައިޝާ ކަން ބޮޑުވިއެވެ. އެނބުރި ދިއުމުން އޭނަގެ ގިނަ މައްސަލަތަކަށް ހައްލު ލިބޭނެކަން އޭނައަށް އެނގެއެވެ. ދެން ދެރައެއް ނުދޭނެ ކަމަށާއި، ދަރިފުޅަށް އުފާވެރި ގެއެއް ލިބޭނެ ކަމަށް ވެސް އޭނާ ބުންޏެވެ. އެކަމަކު ހިތުގެ އަޑިން އައިޝާއަށް ވެސް އޭނާ ކުރިމަތިލާން ޖެހުނު ވޭނާއި ނިކަމެތިކަން އެނގުނެވެ. އެ ހުރިހާ އުނދަގޫތަކުން އޭނާ އަރައިގަންނަން ކުރި މަސައްކަތް އަމިއްލައަށް އިހްސާސްވެގެން ދިޔައެވެ. އެންމެ ފަހުން އޭނާއަށް މިއަދު މިވަނީ މިނިވަންކަމުގެ ނޭވާއެއް ލެވިފައެވެ.
ވަރަށް ވިސްނުމަށްފަހު އައިޝާ އޭނާގެ ނިންމުން ނިންމިއެވެ. އެނބުރި ނުދެވޭނެ ކަމަށް ހުސެއިން އަށް އެންގިއެވެ. އެކަނިމާއެކަނި އެތައް އުނދަގުލަކާ ކުރިމަތިލާންޖެހިގެން އުޅުނު އުޅުމުން އޭނާއަށް ދިރިއުޅުމުގެ ހަގީގަތް މިވަނީ ދަސްވެފައެވެ. އެކަމުގެ ސަބަބުން އޭނަ ވަނީ ވަރުގަދަވެ، ބުއްދިވެރިވެ، ކުޅަދާނަވެފައެވެ. އައިޝާއަށް ވިސްނުނީ އެއް ދުވަހަކު އޭނާ ދޫކޮށްލި އެއްވެސް މީހަކަށް ބަރޯސާވާން ދިއުމަކީ އަދި މާ މޮޔަ ކަމެއް ކަމެވެ. އެހެންވެ އޭނާގެ އަމިއްލަ މަގުގައި ދަރިފުޅުގެ މުސްތަގުބަލަށް ފޯކަސްކޮށްގެން ކުރިއަށް ދިއުމަށް އިޚްތިޔާރު ކުރިއެވެ.
އާ އަޒުމަކާއެކު އައިޝާ އޭނާގެ ދަތުރު ކުރިއަށް ގެންދިޔައެވެ. ރަނގަޅު މަސައްކަތެއް ހޯދައި، ފައިސާ ރައްކާކޮށް، އެންމެ ފަހުން އޭނާއާއި ދަރިފުޅަށް ކުޑަ ނަމަވެސް ހިތްގައިމު ތަނެއް ކުއްޔަށް ހިފޭނެ ގޮތް ހެދިއެވެ. ވަގުތު ފާއިތުވަމުން ދިޔަ ވަރަކަށް އޭނާ ކިޔެވުމަށް ވެސް އެނބުރި އައިސް ކުރިން ހުވަފެނުގައި ދެކެމުން އައި ތައުލީމު ވެސް ފުރިހަމަކޮށްފިއެވެ.
އައިޝާގެ ވާހަކަ ވަރަށް ގިނަ ބަޔަކަށް އަޑުއިވި، އޭނާގެ ހިތްވަރާއި ކެތްތެރިކަމުން އެހެން މީހުންނަށް އިންސްޕިރޭޝަނަކަށް ވެގެން ދިޔައެވެ.



advertisment