މީހަކު ބޮޑު ގެރިއެއް ކަތިލައި ޖާފަތެއް ތައްޔާރު ކުރުމަށްފަހު އެއަށް އިންސާފުކުރުމަށް ގާތްތިމާގެ މީހުންނާއި، ރައްޓެހިންނާއި، އަވަށްޓެރިންނަށް ގޮވާލުމަށް ދަރިފުޅުގެ ގާތުގައި ބުންޏެވެ.
އެ ދަރިފުޅު މަގުމައްޗަށް ނުކުމެ "އަލިފާނޯތް! އަލިފާނޯތް!" ގޮވާ ހަޅޭއްލަވަން ފެށިއެވެ. ގިނަބަޔަކު އަޑު ނުއިވޭކަމަށް ހެދި ނަމަވެސް މަދު މީސްކޮޅެއް އިޖާބަދިނެވެ.
އެ އައި މީހުން ލަސްވާންދެން ކައިބޯން ތިއްބެވެ. ހައިރާންވެފައިވާ ބައްޕަ ދަރިފުޅު ގާތުގައި ބުންޏެވެ. މިއީ މީގެ ކުރީން ދުވަހަކުވެސް ނުދެކޭ ބައެކެވެ. އަދި ގާތްތިމާގެ މީހުންނާއި، ރައްޓެހިންނާއި، އަވަށްޓެރީން ކޮބައިތޯ ސުވާލުކުރިއެވެ. ޖަވާބުގައި ދަރިފުޅު ބުންޏެވެ. އެބައިމީހުން އެ އައީ މި ގޭގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލުމަށެވެ. ޖާފަތަށް އިންސާފުކުރުމަކަށް ނޫނެވެ. މިއީ ޙަޤީޤަތުގައި އަހަރެމެންގެ ދީލަތިކަމާއި މެހެމާންދާރީ ހައްގުވާ މީހުންނެވެ.
ޢިބުރަތް: ތިބާ ހާލުގައި ޖެހުމުން އެހީތެރިކަން ފޯރުކޮށްނުދޭ މީހުން ތިބާގެ ކާމިޔާބީ ފާހަގަކުރާ ޖާފަތަށް ތިބާއާއެކު އިންސާފުކުރަން ފުރުސަތު ނުދޭށެވެ!



advertisment