Support Us

ޝެރިލް، 63، އަދި ކިއުރަން، 26، ކައިވެނީގެ ހަފުލާގައި

އުމުރަކީ ލޯތްބަށް އޮތް ހުރަހެއް ނޫންކަން މިހިރަ ސާބިތުވަނީ!

ކިއުރަން މެކެއިން އާއި ޝެރިލް މެކްގްރެގާގެ ގުޅުމަކީ މިހާރު ސޯޝަލް މީޑިއާގައި މަޝްހޫރު ލޯބީގެ ވާހަކައެކެވެ. ދެ މީހުންގެ އުމުރު ތަފާތު ކަމުންނެވެ.

ކިއުރަންގެ އުމުރަކީ 26 އެވެ. ޝެރިލްގެ އުމުރަކީ 63 އެވެ. މިހެންވެ ޝެރިލްއަށް ދަރިއަކު ނުލިބޭނެތީ ދެ މީހުން ނިންމީ "ސަރޮގޭޓް" ކޮށްދޭނެ އަންހެނަކު ހޯދައިގެން ކުއްޖެއް ހޯދުމަށެވެ. މިއީ ކިއުރަންގެ ދަރިފަންޏާއި އެހެން އަންހެނެއްގެ ބިސް ބޭނުންކޮށްގެން ސަރޮގޭޓް "މަންމަ" ދަރިމައިވުމެވެ.

އެމެރިކާގެ ޖޯޖިއާ ސްޓޭޓަށް އުފަން ކިއުރަން އަދި ޝެރިލް ބުނީ އެ ދެމަފިރިންގެ ފުރަތަމަ ދަރިފުޅަށް މިހާރު އިންތިޒާރު ކުރަމުން އަންނަ ކަމަށެވެ.

ޓިކްޓޮކް އަދި އިންސްޓަގްރާމް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ކިއުރަން އަދި ޝެރިލް އަންނަނީ އެ ދެމެފިރިންގެ ހަޔާތާއި ލޯބީގެ ވާހަކަ ހިއްސާ ކުރަމުންނެވެ.

ކިއުރަން އާއި ޝެރިލް ބުނީ ބައެއް މީހުން އެ ދެމަފިރިންގެ ގުޅުމާމެދު ހިތްހަމަނުޖެހޭ ކަމަށެވެ. ނަމަވެސް ދެމަފިރިން ސަމާލުކަން ދެނީ ރަނގަޅު މަގުން "ޕޮޒިޓިވް"ކޮށް ވިސްނައި، އެ ދެ މީހުންގެ އުފަލަށް ފޯކަސް ކުރުމަށް ކަމަށެވެ.

ސަރޮގޭޓް ކޮށްގެން ދަރިން ހޯދަނީ ސިއްހީ މައްސަލައެއް ދިމާވުމުން ނުވަތަ އުމުރުން ދުވަސްވުމުން ދަރިން ނުލިބޭ މީހުންނެވެ. ކިއުރަން އަދި ޝެރިލް މީގެ ކުރިން ވެސް ވަނީ ސަރޮގޭޓް ކޮށްގެން ދަރިއަކު ހޯދަން މަސައްކަތް ކޮށްފައެވެ. ނަމަވެސް އެ ފަހަރު ސަރޮގޭޓް "މަންމަ"އަށް ދަރިމައިވުމުގެ ކުރީކޮޅު ދިމާވި މައްސަލަތަކަކާ ހުރެ ދަރިފުޅު ވަނީ ބައިގެންގޮސްފައެވެ. މި ކަމުގެ ސަބަބުން ކިއުރަން އަދި ޝެރިލްގެ ހިތްހަލާކު ވި ނަމަވެސް އާއިލާއެއް ހޯދުމަށް ދެކެމުން އައި ހުވަފެން ދޫނުކޮށްލީ ކަމަށް ދެމަފިރިން ބުންޏެވެ.

"އަހަރެމެންގެ ދަރިފުޅު މި ދުނިޔެއަށް އުފަންވާތަން ދެކެން މިހާރު މިތިބީ ކެތްމަދުވެފައި. އަހަރެމެންގެ ލޯތްބަކީ ހުސްވުމެއް ނެތް ލޯތްބެއް. އަހަރެމެންގެ ހަޔާތުގައި ދެން އަންނަން އޮތް ބާބަށް ތައްޔާރުވެގެން މިތިބީ،" ކިއުރަން ބުންޏެވެ.

އޭނާ ބުނީ ސަރޮގޭޓް ކޮށްގެން ދަރިއަކު ހޯދަން ނިންމީ ދެމަފިރިން އެކަމަށް އެއްބަސްވެގެން ކަމަށެވެ.

"އަހަރެމެންގެ ސަރޮގޭޓް ދަރިފުޅުގެ މަންމައަކަށްވި އަންހެންމީހާއަށް ޝުކުރުވެރިވަން. އެއީ އަހަރެންނާއި ޝެރިލް އާއިލާއެއް ފެށުމަށް ދެކެމުން އަންނަ ހުވަފެން ހަގީގަތަކަށް ހަދައިދިނުމަށް އެހީވެދިނީތީ،" ކިއުރަން ބުންޏެވެ.

އޭނާ ބުނީ ފުރަތަމަ ފަހަރު ސަރޮގޭޓް ކުރުމުގައި ނާކާމިޔާބު ވިޔަސް އޭނާ އާއި ޝެރިލް ދަރިއަކު ހޯދުމުގެ އުއްމީދު ކަނޑައިނުލައި ކަމަށެވެ.

ކިއުރަން އާއި ޝެރިލްގެ އާދަޔާހިލާފު ގުޅުމަކީ އެތައް ބަޔަކަށް ހިތްވަރު ލިބިދޭ ލޯބީގެ ވާހަކައެކެވެ. ބައެއް މީހުން އެ ކަމާ ހިތްހަމަނުޖެހުނަސް އުމުރުގެ ގޮތުން އެހާ ތަފާތު ދެމަފިރިންގެ ދިރިއުޅުމުން ދައްކައިދެނީ އާދަޔާހިލާފު ގުޅުންތަކުގެ ވެސް ބާރުގަދަ ކަމެވެ. އަދި ލޯތްބަކީ ވަރަށް ވަރުގަދަ ގުޅުމެއް ކަމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *