Support Us

ޅޭށެ ބަހު އޮނިގަނޑާ ނުކު ދޭހަނުވެބަސް ހިނގައިދާނެ، ނޭގި މުޅިން އޮޅިދާނެ

ނަމޭ މީހުން ހަދައިއުޅެނީ އެޔޭ ނެތި މަރުވެގެންދާނީ
ކަމޭ ބަހުގައި ބިނާވާނީ އެޔޭ ސާބިތުވެ ހުންނާނީ

ބަލައި ހޯދައި އެނގޭ ވަރަށޭ ބަހެއް ކުރިޔަށް އަރައިދާނީ
ގަލަން ލިޔެދިން ފޮތޭ ފީނައިހެދޭ ކަނޑަކަށް ވެފައިވާނީ

ބަހަށްކޮށިވީ އެހެން ބަހަކުން އުނގެނުމަށް ޖެއްސިހިނދުގައިކަން
ފަހަށްވިސްނައި ނުލައި ކުރުމުން އެދެރަ ފެންނަމުން މިދަނީ

އަލަށް އައު ގޮތްބަހަށް ހެދުމީ ހެދޭ ގޯހެއް ކަމަށްވާނޭ
ބަލައިހެދި މީހަކަށް އެކަމީ ތެދެއްކަން އެނގިގެނޭދާނީ

ބަހުގެ ތިންދަރަޖަ ދޫކޮށްލައި ވުޖޫދުންވެސް އެކަންފޮހެލުން
ފަހުގެމީހުން ބަހަށް ދެރައެއް ދިނީ ކަމުގައި ބަލަންވާނީ

ސަގާފީ ކަންކަމާ އަދި އާދަޔާ ގުޅިގައިފައިވި އެކިބަސްތައް
ނަގައިލުމަކީ އަދީބަކު ކުރިކަމަކު ކުށަކަށް ބަލަންވާނީ

ދަރަޖަދޭ ބައިތަކުން ދައުލަތުގެ ވެރިކަމުގައި ގުޅޭ ބައިހެން
ފަރަގު ނުކޮށޭ ނަސަބު މަތިވެރިކަމަށް ނިސްބަތް ވެވެންވަނީ

ކަމެއް އެއްވެސް އެނގޭން އޮތްނަމަ ބަހުގެ ދޫކޮށްލުމުން ގޯހޭ
ކަމެއްކޮށްފިތަ؟ އެތާތުން ގޯސްކަމެއް ކަމަށޭ ފަހުންވާނީ

ބަހާ ނުކުޅޭށެ ބާރުއޮތަސް، އެއަށް ދިވެހިންވަނީ ނިސްބަތް
ވަހާކުލަ ބަހުގެ ނެތިދިޔަނަަމަ ދިވެހި ނިސްބިއްޔަތޭ ނެތެނީ

ދިމުގުރާތީ ގެނެސްދިން ބަހުގެ މިނިވަންކަމުން ކެރިގެން
އިމުން ބޭރުން މަހުގެ ހަމަތައް ނެރޭތީ ގެއްލުމޭ ލިބެނީ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *