ގެއްލިގެން ދިޔުމުން ދިވެހިބަސް ދެންސަލާމަތް ވާން ނެތޭ
ގެއްލެމުން އުވެމުން އެދާ ބަސްތައް އެނގޭނެ ގޮތެއް ނެތޭ
އެންމެ ފުރިހަމަ ނޫންކަމަކުވެސް ލަފުޒުތައް ބަސްފޮތުވެޔޭ
އެންމެ މީހަކުވެސް ލިޔާއިރު ބަސްފޮތަށް ބެލުމެއް ނެތޭ
އަސްލުތައް ލަފުޒުން އެނގޭންހުރި ފުރޮޅުމުން އެކި ނޫސްތަކުން
ބަސް އުފެދިފައި ކަންކަމަށް ހުރިގޮތް ފިލާނެ ގޮތެއް ނެތޭ
ނަންނަމީ އެނަމުން ތަނެއް އެއްޗެއް ބަޔާންވާ އަސްލުކަން
ދަންނަމީހުން މަދުވުމުން ބޭހެއް ހެދޭނެ ގޮތެއް ނެތޭ
ދިވެހިބަސް ކިޔަވައިދިނަސް މަޖުބޫރު މާއްދާއެއް ކަމަށް
ދިވެހިބަސް އެހެނަސް ޅަޖީލަށް ފޯރުވައި ދެވިފައި ނެތޭ
މުރަނގަތޮޅި ވަރިތޮޅި ނުވަތަ ކަށިނޫތޮޅީގެ ބަޔާން ވުމެއް
ބުރަނދަގޮނޑި ވިހަލަގޮނޑި ފަދައިން ދޭހަވާނެ ގޮތެއް ނެތޭ
އިސްތިރީގެ ކަމެއް ސިހުރު ކަމުގައި ލިޔުނުއިރު ނޫހުގައި
ވިސްނިފައި އެއްވެސް އަދީބަކު ގައުމުގައި މިއަދަކު ނެތޭ
ޓިޔުޝަނާ ކިޔަވައި ދިނުން ނަމުގައި އެކަނި "ފީ" ހޯދުމަށް
ދިޔުޅި ދެމިޔަސް ފޮނުމަތުން ތޮރުފައި ލެވޭނެ ވިދެއް ނެތޭ
