(އިހުގެ ފަރިއްސެއް)
މުންނަލަކަ އެރީ ދަތުރުގާ
ހުންނާށެ މަވީ ރޮއިރޮއި
ލުންލޯ ކަރުނާ އަޅާ
މެންދާމު މަހަށް ދުރާ
އެންމެންނަށް ދެން ގޮވާ
ދެން ބަނދެ އޮޑިޔާއި ފަޅުގިރި
އެން މިނުދެމި ތިބެ ރޮއިރޮއި
ލުންލޯ ކަރުނާ އަޅާ
ނައްޓާ އެތަނުން މިލާ
ވައްޓަރު ތެރެ ގޮސް ބަލާ
ހައްޓަށް ވެވި ލުން ތުރާލާ
ކަށްޓަށް ވެވި ތަދު ރޮއިރޮއި
ލުންލޯ ކަރުނާ އަޅާ
ބާޒާއި ހަނޑާ ކާޅާ
ފައިރަތަ އިލޮޅީ ދުށިމާ
ރާބޮނދި ފިނދަނާ އައިނުގާ
ވީތީ ލާފާ ރޮއިރޮއި
ލުންލޯ ކަރުނާ އަޅާ
މާފުށީ ފުއްޓަރުން
ޔާކިރިވެލި އެނގިފަށުން
ވާބުޒު ކެޔޮޅާއި ކުރަމުން
ދާތީ ދެން ހަމަ އޭނާ
ލުންލޯ ކަރުނާ އަޅާ
