ހާދަ ދެރައެ ހާދަ ދެރައެ
ކަންވާގޮތް ހާދަ ދެރައެ
ޠީނުފަލަސް ފުނޑާލިއިރު
ބަލަންތިބުން ހާދަ ދެރައެ
އީރާނާ އަދި ޔަމަނާ
ލުބުނާނާ ނޫނިއްޔާ
އަޅައިނުލައި ބަލަން ދެއިރު
ތިބޭތިބުނުން ހާދަ ދެރައެ
ލޭކޯރުން އޮހޮރައިލާ
ފުރިފައިވޭ މުޅިޣައްޒާ
މަންޒަރުތަައް ބަލައިލިއިރު
ހަދާގޮތުން ހާދަ ދެރައެ
އަންހެނަކަސް ޅަކުއްޖަކަސް
މަރައިލަނީ ރޮއިހެދިޔަސް
އެ ޢަމަލުތައް ނުބައިވިއިރު
އަޅައިނުލުން ހާދަ ދެރައެ
ދައުލަތަކުން އިސްލާމީ
މަދަދެއް ދީ ނުހަދާތީ
ރޮއިރޮއިގޮސް ގިސްލާއިރު
ދެކެން އެތަން ހާދަ ދެރައެ
