އިންޑިއާގެ ޓްރިވެންޑްރަމާއި ކޮޗިންއަށް ސީދާ ދަތުރުތައް ފަށައި ރާއްޖޭގެ ގައުމީ އެއާލައިން އިން މި ވަގުތަށް ސީދާ ދަތުރުކުރާ ހުރިހާ މަންޒިލަކާ ގުޅުވައިލައިފިއެވެ.
މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން "ތްރޫފެއާ" ހިދުމަތުގެ ނަމުގައި ތައާރަފުކުރި މި ހިދުމަތުގެ ސަބަބުން ރާއްޖޭގެ 16 ޑޮމެސްޓިކް މަންޒިލު، ދުނިޔޭގެ 1،245 މަންޒިލާ ވަނީ ގުޅުވައިލަދީފައެވެ.
މި ހިދުމަތުގެ ދަށުން އެތެރޭގެ އުދުހުންތަކާއި ބޭރުގެ ދަތުރުތަކުގައި ދާގީނާއަށް އެއް ބަރުދަނެއް ވަނީ ދީފައެވެ.
މި ހިދުމަތުގެ ފަސޭހަކަން ހޯދުމަށްޓަކައި މޯލްޑިވިއަންގެ ވެބްސައިޓު maldivian.aero މެދުވެރިކޮށް ބަންގްލަދޭޝްގެ ވެރިރަށް ދާކާ، އިންޑިއާގެ ބެންގަލޫރު، ކޮޗިން އަދި ލަންކާގެ ވެރިރަށް ކޮޅުނބަށް ރާއްޖޭގެ ޑޮމެސްޓިކް އެއާޕޯޓުތަކުން ސީދާ ދަތުރުކުރުމަށް ޖާގަ ލިބޭނެއެވެ.
މި ހިދުމަތް ހޯދުމަށް cc@iasl.aero އަށް އީމޭލު ކުރުމުން ނުވަތަ ހޮޓްލައިން ކަމަށްވާ 1671 އަށް ގުޅުމުން ވެސް ދަތުރުގެ ހުރިހާ ކަމެއް ފަސޭހަކަމާއެކު ހަމަޖެހިގެންދާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ.




advertisment

