ނަސަބު ހަސަބަށް ދަރަޖަދީ ހެދި ޒަމާން މާޒިވެ ނިމުނީޔޭ
ހަސަދަވެރި ހިތްތަކެއް ތިއްބަސް އެކަން ނިމިގެން އެ ދިޔައީޔޭ
ނުހަނު ކުޑަކަމަކު ޕީއެންސީ އިރާދަކުރެއްވި ހިނދު ބިޔަވާން
އުހަށް ދައުލަތުގެ އުފުލުނު ގޮތް ފިލާވަޅަކަށް މިއަދު ފުދެޔޭ
އެޕާޓީ ވެރިޔަކަށް ހުންނެވި ސިޔާސީ ހުނަރުވެރި "އަދުރޭ"
ދެޕާޓީ އެއްގެ ވަރައެއްގައި އުދުއްސެވި ބުއްދި މަތިވެރިޔޭ
ބޮލާ ޙިކްމަތް އިލާހީ ދެއްވުމަށް ވަކި ޢާއިލާއެއް ނެތް
ލޮލާ ސީދާ އެކަން ވާހިނދު ޙަޤީޤަތް ފާޅުގައި ފެނެޔޭ
ސިޔާސީ ފިކުރުގައި މީހުން ދެކޮޅުހެދިޔަސް ޙަޤީޤަތަކާ
ނިޔާ ރައްބީގެ ހިންގެވުމަށް އެޅޭން ހުރަހެއް ނުއެއް އޮވެޔޭ
ވެލާވެލި ބިންމަތީ ދެމުނަސް ރުކަށްވުރެވެސް އުހަށް އެރެެޔޭ
ވެލާވެލި ރުއްގަހަށް އެރުމުގެ އެނގުން ﷲ ދެއްވެވިޔޭ
އަޅުންވެސް އެފަދައިން މަތިވެރި ކުރައްވާކަން ނުދަންނަ އަޅުން
އަޅުންނަށް ދުއްތުރާދީ އަދި "ގަނާ"ކޮށް އަވަދިނެތި އުޅެޔޭ
އިރާދަ ކަމެއް ކުރެއްވީމާ މަނާއެއް ނޯވެޔޭ ކަމަކަށް
ވިރާސީ ރަސްކަލެއް ނޫނަސް ދަރަޖަ މަތިވެތިވެ އުފުލިދެޔޭ