Support Us

ވާޖިން އޮސްޓްރޭލިއާގެ ފްލައިޓެއްގައި ބަރަހަނާވި މީހަކު ހައްޔަރުކޮށްފި

ވާޖިން އޮސްޓްރޭލިއާ ފްލައިޓެއްގައި ބަރަހަނާވެ ބޯޓުތެރޭގައި ދުވި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މީހާ ބޯޓުތެރޭގައި ދުއްވައިގަތުމުން ކެބިން ކްރޫއަކާ މުޑި އަރައި އެ ކެބިން ކްރޫ ހުރި ފިޔަވަޅު މައްޗަށް ވެއްޓުނު ކަމަށެވެ.

އޮސްޓްރޭލިއާގެ ޕާތު ސަހަރުން މެލްބަން ސަހަރަށް ދަތުރުކުރި މި ފްލައިޓްގައި މި މީހާ ކަންތައް ކުރި ގޮތުން ފްލައިޓް ވަނީ އެނބުރި ޕާތު އެއާޕޯޓަށް ޖައްސައިފައެވެ. އަދި އެ އެއާޕޯޓުން ފުލުހުން ވަނީ މި މީހާ ހައްޔަރުކޮށްފައެވެ.

އޮސްޓްރޭލިއާގެ އޮފިޝަލުން ވިދާޅުވީ ފްލައިޓް އަނބުރާލަން ޖެހުނީ މި މީހާގެ އަމަލުތައް ހުރި ގޮތުން ކަމަށެވެ. 

"ހައްޔަރު ކުރުމަށް ފަހު ވަގުތުކޮޅެއް ވަންދެން އަހަރެމެންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ފަހު މިހާރު ވަނީ އޭނާ ހޮސްޕިޓަލަކަށް ފޮނުވާލައިފައި. އެއީ އޭނާއަކީ ސިކުނޑި ހަމަޖެހޭ މީހެއްތޯ ބެލުމަށް،" ފުލުހުންގެ އޮފިޝަލަކު ވިދާޅުވިއެވެ. 

ފުލުހުން ބުނީ މި މީހާ ހެދުން ބޭލީ ކިހިނެތް ކަމާއި ފްލައިޓްގެ ކޮން ތަނެއްގައި ހުރެގެންތޯ އަދި ނޭނގޭ ކަމަށެވެ. 

ރަސްމީ ގޮތުން އަދި ފިޔަވަޅެއް ނޭޅި ނަމަވެސް މި މީހާއަށް އަންގައިފައިވަނީ އަންނަ މަހުގެ 14 ވަނަ ދުވަހު ކޯޓަކަށް ހާޒިރުވުމަށެވެ. 

މި މީހާގެ އަމަލުތައް ހުރި ގޮތުން ފްލައިޓްގެ ފަސިންޖަރުންގެ ކިބައިން ވާޖިން އޮސްޓްރޭލިއާ އެއާލައިނުން ވަނީ މައާފަށް އެދިފައެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *