މުށުން ދިޔަ ބާރުތައް ދައުލަތުގެ އަނބުރާ ގެނެވިދާނޭހޭ
ދުށުން މިއެދޭ އެފަދަ ދުވަހެއް މިގައުމަށް ގެނެވިދާނޭހޭ
ވެރިންނަށް ބޯލަނބައި ކިޔަންވުމަށް ދީނީގޮތުން ޖެހުނަސް
ވެރިންނަށް އިޙްތިރާމެއް ދިމުގުރާތީން ގެނެވިދާނޭހޭ
އިހަށް އޮތް ބަދަހިކަން އެކުވެރި ގުޅުންތައް ރީތި އާދަތަކާ
މިހައި ދަށުޖަރަޖަޔަށް ވެއްޓުނު ޒަމާނެއް އިސްވެފައިވޭހޭ
ދެދީނުގެ ދުޝްމިނުންނަށްވުރެ ދެޕާޓީގައި ވުމުގެ ނަފުރަތު
ހެދީ، މާގޯސް ކުށެެއް ކަމުގައި، އެފިތުނަ ނިވައި ލެވޭނޭހޭ
ވެރިން ނިސްބަތްވި ޕާޓީއަށް މިނުއްވާ ނާޅި ބޮޑުވީމާ
ވެރިންނަށް ދެން އިހަށްލެއްވެވި ލިބާސްކޮޅު ލެއްވެވޭނޭހޭ
ބަހާޢަމަލާ ސަގާފަތުވެސް މުޅިން މައްސުނި ވެގެން ދިއުމުން
ވަހާ ކުލަޔާ ބަހާ ޢަމަލުގެ ދިމާވާ ގޮތް ވެދާނޭހޭ
ދަރަނިބިލިޔަންކަމަށް ވިޔަކަސް ބަޖެޓް މިލިޔަންތަކަށްއެރުމުން
ކަރަންޓާ ފެން ކަނޑައި ނުމެލައި ފުދޭނެ ގޮތެއް ނުވާނޭހޭ
ދެނީ ޑިވެލޮޕްކުރާ ލޯނޭ ދަރަނިވެރި މަޅީފަތީ ޖެއްސޭ
ދެނީ މަދަދޭ އެހެން ތަންތާ، އެލޯނު އެހެން ހެދޭނޭހޭ
މިފަދަކަންކަމުގެ މައްޗަށް ހެޔޮ ފިކުރުފުޅު ހިންގަވައި ލެއްވުން
މިފަދަ ގައުމެއްގެ ވެރިޔާއަށް އެކަން ލާޒިމު ނުވާނޭހޭ
