Support Us

އަސަރުގެ ނަސޭހަތް

ޒަމާން ދުނިޔޭގެ ފަސްވެއްޖޭ ޤިޔާމަތް ދާދި ގާތް ވެއްޖޭ
އަމާންކަން ބިމުގެ ނެތިވެެއްޖޭ ޢަލާމާތުން ބަޔާން ވެެއްޖޭ

މިސައިލާ ބޮންތަކާ ބަޑިޔާ ހަދައިގެން އޭގެ ނިވަލަށްވަދެ
މިޝަންތައް ވެރިކަމުގެ ހިންގަން ވެރިންތިބިކަން ބަޔާންވެއްޖޭ

ހަދައިގެން އެކިޖަމާޢަތްތައް ތިބޭނަމަވެސް ވެރިންހުރިހައި
އަނދައިގެން ނަސްލުތައްދިޔުމަށް ރުހޭކަން އެނގި ޔަޤީންވެއްޖޭ

ލިޔަސް ބިޔަކޯޓުތަައް ހުޅަނގާ މެދާ އިރުމަތިފަރާތު ވެރިން
ދިޔައި އިންސީންގެ ގިންތީން ނުކުމެގެންކަން ސާފު ކުރެވެއްޖޭ

ޚަލީފާއިންގެ ގޮތުގައި ބިންމަތީ ލެއްވެވި މި އިންސާނުން
އަލީގައި މާތްވި ޤުރުއާނުން އެނގޭ ސިފަޔަށް ބަދަލު ވެއްޖޭ

ފުރާނަ ލެޔާ މަހާ ކައްޓާ ނޮޅަން ޖެހިލުން ނުވޭ މީހުން
ކުރާކަށް އެފަދަ ޢަމަލެއް އަދު އެހައިވެސް ލާރި އިސްވެއްޖޭ

ނުވާއިރުބިންމަތީ "ޔޫއެން" އުޅުނެ އެތަކެއް ވެރިންޢަދުލުގެ
ޒުވާބެއް ނެތް ގޮތުން ކިސްރާ، ނަޖާޝީ، ހިނެފައި ވެއްޖޭ

ޔަހޫދީން އަތްމަތީން ގާއިމު ނުވާކަން ޞުލްޙަ ދުނިޔޭގައި
ނަޙޫޞަރުފުގެ ރޮނގުން ފުރިހަމަ ކަލާންފުޅު ފެނި ޔަޤީންވެެެއްޖޭ

އެކަކުއަނެކަކު ކުފުރުކުރުމުން ދުރެވެ އުއްމަތް ނުކޮށްފުނޑުފުނޑު
އެކަތަފަދަ އުއްމަތުގެ އެންމެން ބަދަހި ގުޅުމެއް ގުޅެންވެއްޖޭ

ފަލަސްޠީނާ އެނޫން ތަންތަން ސަލާމަތް ވާނެކަން އެގޮތުން
ގަލަންތައް ލިޔުނު ތާރީޚީ ޞަޙީފާ ދަސްކުރަން ވެއްޖޭ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *