ނަމޫނާ ގައުމަކަށް މުސްލިމު ދިވެހިގައުމެއް ނުވާނޭބާ
ޘަމޫދުން ފަދަ ނުބައި ޢަމަލެެއް ނުވާ ތަނަކަށް ހެދޭނޭބާ
އުޅުން ދީނުގެއިމުންހުރެފައި އަޚުންކަމުގައިވެގެން އެންމެން
ގުޅުން ގާއިމު ކުރެވިގެން ދިރިއުޅޭ ބަޔަކަށް ވެދާނޭބާ
އުރެދުމެއްނޫން އެހެންހުރިހައި ވެރިންގެއަމުރު ބަލައިގަނެގެން
ފުރެދުމާ ދުރުވެގެން އެންމެން އުޅޭނޭ ގޮތް ވެދާނޭބާ
ނުސާފު ހިތާ ކިލާ ދޫތައް ކިލަނބު ލޯތައް ނުވާ ގޮތުގައި
ޚުޝާމުދު ކުރުމުގައި އަކުޑިން ނުނެއްޓި ސަނާ ކިޔޭނޭބާ
އަސާބުރި ވިއްދަމުން ހިނގުމަށް ޖެހޭ ޢުމުރަށް ދިޔަސްމީހުން
ފަސާދަޔަކަށް ނުބުނެ އާބަސް އުޅޭ ބަޔަކަށް ވެދާނޭބާ
މިހާރު މިތާ މިއޮތް ކޯޅުން ސިޔާސީ ކުލަވަރުގެ ސަބަބުން
ވިހާ ބޮޑުވާ ދަރީންގެ ތެރޭ ނުފަތުރޭ ގޮތް ހެދޭނޭބާ
އަމާނާތޭ ކިޔާ ޒިންމާ އުފުލުމަށް ރުހުނު އިންސާނުން
ސަމާލުނުވެއްޖެނަމަ މަޙުޝަރު ދުވަހު ކިހިނެއް ވެދާނޭބާ
