ޤިތާލެއް ބޮޑު ނުފެށި އަމަށުން މިދުނިޔެ އޮތުން ވަރަށް ނާދިރު
ހިތާވާ ކޮންމެ އަނިޔާއެއް ޔަހޫދީން ދުނިޔެއަށް ދޭއިރު
ބޮޑަތިފަސްބާރު އިސްވެއުފެއްދި "ޔޫއެން" ވީހިނދުން ޕެރަލައިޒް
ހޮޑަށް އެތަނުގެ ޤަރާރުތަކާއި ޢިއްޒަތްވެސް ލަމުން ދާއިރު
ފަލަސްޠީނީންނަކީވެސް ދިރި ތިބެންވާނޭ ބައެއް ކަންވެސް
ބަލަން ހުޅަނގުގެ ވެރިންނާ ޔޫރަޕުން ބޭނުން ނުވެސް ވާއިރު
އިހަށް ދުހު ބޮސްނިޔާގައި ހިންގި ޢުދުވާނަށް އަޅައިލާފައި
މިހައިދެރަ ގޮތް ފަތަލަސްޠީނަށް ހަދަން އެއުރެން މަދަދު ދޭއިރު
ހަފުސްވެ ޚަރާބުވީ ހިނދުގައި ގުޅުންތައް ގައުމުތަކު މެދުއޮތް
ސަފުން ބޮޑު ބާރުތައް ދުޝްމިނު ވެފައި ޙަމަލާ ބަހުން ދޭއިރު
ބެލެންސުން ޢަދުލު ނެއްޓިމުޅިން ފަސާދަވެ ظُلْمُ ޢާއްމުވެފައި
ބެލެން އެއްވެސް ކަމެއް އިންސާފު ހޯދަން ނެތް ކަމަށް ވާއިރު
ކިޔާ މެދުއިރުމަތީ ދައުލަތް ތަކުން ގުޅުމަށް ޔަހޫދީންނާ
ސިޔާސަތުތައް ހުޅަނގު ރުއްސޭ ގޮތަށް ފުރޮޅައި ލަމުން ދާއިރު
