ފޮތޭ މާތްވި ޤުރުއާން އެއީ، އެންމެ އިސްވީ
ނަބިއްޔާގެ ދޫފުޅު މަތީ ލެއްވިގެންވީ
ފޮތޭ މާތްވި ޤުރުއާން…..
***
މިސާލެއް ކަމެއްގައި ނުވާ އެއްކަމެއް ނެތް
ރިސާލަތު ޒަމާނާ އަރައިރުން ވުމެއް ނެތް
ޙިސާބެއް ޢުލޫމަށް މިނެއްފުން އެނގެން ނެތް
ބިޝާރަތު ތަކުން މުއުމިނުން ހިތް ފުރުއްވީ
ފޮތޭ މާތްވި ޤުރުއާން…..
ނުޒޫލުވި ރެޔަށް މާތް ޤަދަރު ޚާއްޞަ ދެއްވައި
އަމާންކަން މަތީ ބިން އެރޭގައިމެ ލައްވައި
ބިމަށް ރޫޙުފުޅު މާތް މަލަކުނާއި އެކުގައި
ވަޑައިގަތް އިޒުނަފުޅު ވަޙީގައި ބަޔާންވީ
ފޮތޭ މާތްވި ޤުރުއާން…..
ސަފުން ބާޠިލެއް ނެތް ފޮތުގެ ކުރިމަތީންނާ
އައުން ފޮތުގެ ފަހަތުން ނުވާކަން ބަޔާންވީ
ފޮތޭ މާތްވި ޤުރުއާން…..