Support Us

އެކެޑަމީގެ ބޭނުމެއް ނެތް!

އެކެޑަމީއޭ ކިޔާތަނަކީ އުވައިލާންވީ ތަނެެއް ވަގުތުން
ދެކެން ބޭނުންވި މަންފާތައް އޮޔާދާތީވެ ތޮއްޑުދަށުން

ބަހަށް ޚިދުމަތް ކުރާކަމުގައި ހިތަށްސިފަވާ އެމަރުކަޒުގައި
އަހަރުމެންނަށް ނަފާއެއް ހުރި ކަމެއް އަދިއެއް ނުދޭ ކުރަމުން

ދޮޅަސްއަހަރާ އެތައްމަހަކާ ތަނަށް ޢުމުރުން ފުރުނުއިރުގައި
ކޮޅަށްޖެހި އެންމެ އެދުރަކުވެސް ނެތޭ ނެރެދެވިފައެއް އެތަނުން

އެތައް ސަރުކާރަކުން އަތުލައި ވުޖޫދުން ފޮހެލި ފޮތްކުގައި
އެތައް ލަފުޒެއްގެ ބަހުރުވަތައް އުވުނުކަން ނޭނގުމުން އަމުދުން

ކަމެއް ބަހަވީގޮތުން ދިރިގެން އަރައިގެން ނާދެޔޭ ކުރިއެއް
ނަމެެއް އައު ޒާތަކަށް ނުގުޅޭ ގޮތަށް ހެދިޔަސް ނުހަމަ އިމަކުން

ނަކަތްތެރިކަމުގެ ބަހުރުވަޔާ ދިވެހިބޭހާ ފިލާވެއްޔާ
މަކަރަ ފަދަ ރާހި ނަންތައްވެސް މިގައުމުން ދާކަމުން ނެތެމުން

އޮފީހާ މަޙްކަމާޔަށް އިހު ކިޔާ ނަންތައް ދިޔަސް އުވިގެން
ކޮފީ މޭޒެއް ދޮށުން ދޫކޮށް ވެލާނާ، މަޙްކަމާ ލެވުމުން

ވަޑާމުގެ އާލަތާ ކަންކަން ގެދޮރުގެ ވަޑާމު ހުރި ނަންތައް
ކަނޑާފަޅު، ފަރު، ހަލާ، ގިރިޔާ، އޮޅާ، މާޑާ، އެނގުން ނެތުމުން

ސަފުން މާކެޔޮޅުކަމުގެ ނަމެއް ކަމެއް ނެތިފައިވި ހޯދައިދީ
ކަފުންލެވި ވަޅުނުލެވެނީސް ބަސް ދިރޭނެކަމެއް ނުކޮށްދިނުމުން

ދިވެހި ގައުމިއްޔަތާއި ބަހަށް މުޢިއްޒު ރައީސް ދިރުން ދެއްވާން
ދިވެހިބަސް ކުރިއެރުއްވޭ ފަދަ ވަޒީރަކު އިސްކުރެއްވެވުމުން

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *