ދަސްކުރާށެ ބަސް ދިވެހި ފަހުމުވެ ދޭހަ ވާމަގުން
ލަސްނުކޮށް އެކަން ކުރަން އިޖާބަ ދޭށަ ދަރިވަރުން
ބަސްއެނގޭ ހިނދުން އެނގޭ ޝަރީޢަތާ އަމުރުތަކާ
ދަސްކުރާށެ މާދަރީބަހުން ނުލައި އޮޅުން ބޮޅުން
އަޞްލު މާނަ ސާފުވާ ގޮތަށް ލަފުޒުގެ ދޭހަޔާ
ދަސްކުރާށަވީ މޮޅަށް އިވޭ އަޑާ ކިޔާ ފޮތުން
ހީވިޔަސް އެނގޭކަމަށް ދޮށީ ޢުމުރު ތެރޭ ވުމުން
ހީވިޔަސް އެގޮތް ރަނގަޅު ނުވޭ އެތައް ސަބަބުތަކުން
ކަންކަމާމެދަށް ވެވޭ ޚިލާފުތައް އުފަންވަނީ
ދަންނަ މީހުނަށް ވިޔަސް ބަހުން ފަހުމު ވެވޭ ގޮތުން
ދީންމަތީ މިދީބު އޮތް ޒަމާން ކިތަންމެ މަދުވިޔަސް
ދީންބަޔާންވެ ލިޔެވިގެން ނުވޭހެ ފަހެ ދިވެހިބަހުން
ފިޤުހުގައި އެހެރަ މަގުން އުޞޫލުތައް ބަޔާންވެގެން
ފިޤުހު އެންމެ ސާފުކޮށް ޢިބާދަތާ ގުޅޭ ގޮތުން
ކަން އެހެން އެބާވަތަށް އެހުރި ހުރުން ގަބޫލުކޮށް
ވަންހަނާ ނުވާވަރަށް ކުރާށެދަސް ދިވެހިބަހުން