Support Us

އަދުގެ ދުނިޔެ ހަމަ ލޮލުން

ހުޅަނގާ ޢަރަބި ބައްރުގެ މަދަދު ލިބިފައި ޔަހޫދީންނަށް ވެޔޭ
އުޅަނދާ ބޮމާ ބޮޑު ބަޑިތަކުން އިޒުރޭލު ހިތް ރުއްސައިދެޔޭ

ރުސުލުންގެ މާތް ދޫފުޅު މަތީން ލަޢުނަތް އެމީހުންނަށް ވިޔަސް
ރުސުލުންގެ ބަސްފުޅަކަށް ބޮލެއް އެވެރިން ސަފުން ނުލަނބާމެޔޭ

ދުނިޔޭގެ މާ މަތިވެރި ތަނެއް ކަމުގައި ދެކޭ ޔޫ.އެން. އަކީ
އުނިިކަމުގެ ޙައްދެއް ނެތް ނުބައި މަރުކަޒު ކަމެއް ނުދަނޭމެޔޭ

ދައުލަތް ތަކަށް ޔޫ.އެން. ވަރެއް ނެތިގެން އުޅޭތީ ކޮސްވެޔޭ
ދައުލަތްތަކުގެ ނިންމުން ބޮލާލައި ޖެހިޔަކަސް އޯކޭވެޔޭ

ކައުނުގެ ތެރޭ އެެއްވެސް ތަނަކު ނުޖެހޭ ބިމެއްކަން ދުނިޔެއީ
ފައުޅުވެ އެނގޭ އިރުވެސް ބިރެއް ހީވާ ބަޔަކު ނޫޅޭ މެޔޭ

އިންސާނިޔަތުކަން ހުރި ނެތޭ ޔޫ.އެން. ގެ މެންބަރު ދައުލަތެެއް
ވިސްނައި ފިކުރު ހިންގައިލުމުން މޭރުން އެކަން ކުރެވޭނެޔޭ

ރަޙުމެއް ނުވާ ހާނިއްކަދީ މަރަމުން ފަލަސްޠީނީން ދިޔަސް
އަޚުވަންތަ ނަޒަރުން ދެކެއުޅޭ މުސްލިމު ބަޔަކު އަދު ނޫޅެޔޭ

އާރާއި ބާރާ އަދި މުދާ މީހުންގެ ޢަދަދާ މަދު ކަމަކު
ބާރާ ނުލައި ހަތިޔާރަކުން ދިވެހީން އެހީތެރިވޭ މެޔޭ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *