އިސްކަން ނުދޭނަމަ ދިވެހިބަސް ދިރިއެއް ދެނެެއް ނޯންނާނެޔޭ
ގިސްލާ ރޮމުން އޮހޮރޭ ކަރުނަ ވަޠަނުގެ ލޮލުން ނުކެނޑޭނެޔޭ
ޒިންމާ އުފުއްލަން އެކަމުގައި ބަސްދަންނަ މީހަކު އިސްނުކޮށް
ވިންދާ ހިތަށް ގައުމުގެ ލިބެން ފިނިކަން ސަފުން ނޯންނާނެޔޭ
ސަނަދެއް ނަގާފައި އޮތްކަމަކު ބަހަވީ ރޮނގާ ނުގުޅޭ ގޮތުން
ތަނަކަށް ބަހުގެ އިސްކުރުމަކުން ދިރުމެއް ބަހަށް ނުލިބޭނެޔޭ
އިހަކަށް ދުވަހުއައި ދިރުމުގައި ފެޅިހައި ޅަކުރިތައް މަރުއެވީ
ވިހައެއް ލެވުނު ޒާތުން ކަމުން ތަހުލީލުކޮށް ހޯދެންވެޔޭ
ދިރުވަން މިއަދު ޖެހެނީ މިތާ، ދިވެހީންގެ ރީތި ދިވެހިބަހޭ
ދިރުވަން މިތާ އުރުދޫ ބަހާ އެބަހުގެ އަދީބުން ނުޖެހެޔޭ
ރަނގަޅަށް ދިވެހިބަސް ދަންނަ މޮޅު އެތަކެއް އަދީބުން ތިބިކަމުން
ރަނގަޅަށް އެކަން ކުރުމަށްޓަކައި އެވެރިން ނެރެން ލާޒިމުވެޔޭ
ކުލަކުލަ ލެވޭ ތަންތަން ހިނގާ ގޮތުގައި ނުހިންގަން ވީތަނެއް
ކުލަ ޖެއްސެނީނަމަ ޢާއިލީ، ބަހަކަށް މޮޅެއް ނުލިބޭނެޔޭ