ކިޔާމީ މަރުޙަބާ ލޮބުވެތި ރައީސަށް މާމަލުން ގަތަމުން
ސިޔާސަތު ހަރުދަނާ ގައުމުން ބަލައިގަތްކަން ވަޒަން ކުރަމުން
ސިޔާސީ ވާދަވެރި އެތަކެއް ބޮޑަތި ޕާޓީ ފަހައި ލައްވައި
ޚިޔާލަށްވެސް ނުގެނެވޭހައި މޮޅެއް ވޯޓުންމެ ހޯއްދެވުމުން
މަދަދުގައި ރައްޔިތުން ލޯބިން މުޢިއްޒު ރައީސްގެ މައްޗަށްރުހި
ޢަދަދުހަތްތަރި ގޮނޑިން މަޖިލީސް ހޮވައިދީ ގޮނޑި ވެދުންކުރުމުން
ދިވެހި ތާރީޚުގައި ފުރަތަމަ ތަފާތު މިހައި ބޮޑަށް މަޖިލީސް
ދިވެހި ރާއްޖޭގެ ޕީއެންސީ އަތަށް މަޖިލިސް އެދިން ދިނުމުން
މިދައުރުގެ މަދު ދުވަސްކޮޅުގައި ކުރެއްވެވި ކަންކަމަށް ރުހިގެން
މިދައުރަށް ރައްޔިތުން ޝައްކެއްނުކޮށް އިތުބާރުކޮށް ހެދުމުން
ދިވެހި ގައުމަށް މިއީ ފާގަތި ނުހަނު ފެހި ދައުރަކަށްވުން އެދި
ދިވެހި ގައުމުގެ ރައިސަށް ކަން ވުމަށް ފަހި އެދި ދުޢާ ކުރަމުން