ދޮންކުލައިގައި ދައްކަމުންދިޔަަ އުދަރެހުގެ ކުލަ ފަނޑުވިޔޭ
ކޮންމެ ކަމަކާމެދު އެގޮތް ފިޠްރަތުގެ ފެނިގެން ދޭމެޔޭ
ދާނެގޮތް ފުރިހަމަވެ ނިމިގެން ނޭނގުނަސް ކުރިޔަށް ކަމެއް
ވާނެގޮތް ތަޤްދީރުގައި ފެވި ލިޔެވިފައި އެބަ ވޭމެޔޭ
އަތްއަތަށް ދުނިޔޭގެ އޮއިވައި ބަދަލުވޭ އެކު މޫސުމާ
ފަތްފަތުގެތަނޑު ދޮންވެ ވެރިފައި އާފަތުން ގަސްފެހިވެޔޭ
އިރުދަށުން އިރުވައި ތެރޭގައި ޖެހިކަމަކު ދެހަޅައިގެ ވައި
އިރުތަކެއްނުވެ މަޑުވަމުންގޮސް ދެހަޅަވެސް ނިމިގެންދެޔޭ
ހާޑުނުޖަހައި ދުއްވުމަށް އޮޑި ދޯނި ފަހަރަށް ނުކުޅެދޭ
ފާޑަކަށް ވައިމަތި ވެފައިބަނަ މަޑުވެ ވައި ހިނދިގެންދެޔޭ
ދައްކަމުން ދުނިޔޭގެދާ ޢިބްރަތްތަކަށް ޣާފިލިވިނަމަ
ބައްރުގައި ކަންކަން ފޮރޮޅިގެންދާ ގޮތެއް ނޭނގޭނެޔޭ