Support Us

އީރާނުގެ ޙަމަލާތައް

ޙަމަލާ ތަކުން އިރާނުދޭ އިޒްރޭލު ރޯކޮށްލައިފިޔޭ
ޒަމަނުގެ މިހިނދުކޮޅު ލިޔެވިގެން ތާރީޚުގައި ފެވިލައިފިޔޭ

ދެކެގެން ތިމާމެންވަރުބައެއް ނެތްކަމުހިތައި ވިޔަކަސްބޮޑާ
ރެކެވޭނެގޮތް ޙަމަލާ ތަކުން ނެތްކަން ފަޟީޙަތް ވެއްޖެޔޭ

ޢަރަބީންގެ ބިންތައް ފޭރިގަނެ އިޒުރޭލު ފާކުރުމުގެފަހުން
ކަރައިން ޢަރަބި އިސްނެގި ވެރިން ޙަމަލާ މިފަދަ ދީފިޔޭ

ޝައްވާލު ހަތަރެެެއްވީ ވދުވަސް އާދީއްތަޔަށް ވީރޭ ފަތިހު
ކައްސާނުލާ މިޞްރާ ބަކުން އީރާނު ޙަމަލާ ދީފިޔޭ

ތަރިތައްފަދަވި އުޑުގައިވިދާ އުދުހޭ ޑްރޯނު މިސައިލުތައް
ފަރިމަންޒަރެެެއް ދައްކާލުމަށް ފަހުގައި އެތަން ރޯކޮށްލިޔޭ

ސިހިގެން ޔަހޫދީންތައްބިރުން މަގުތައްމަތީ ދުވެޔޭރޮމުން
ކިހިނެއްކަމެއް މިވަނީ ނުއެނގި ސަހަރޯގޮވައި ހަދަމުންދެޔޭ

ބައިޑަންކިޔާ ނުލަފާ ކަލޯ ރުޅިގަދަވެދޭ އިންޒާރަކަށް
ފައިތިލަ ނުލައި ސޮއްސައި ޙަމަލަ އީރާނު ރޭގައި ދީފިޔޭ

އިނގިރޭސިދައުލަތް އެކަމުގައި އަތުގައިހިފައިގެންއެމެރިކާ
ހިނގިޔަސް ދިފާޢުކުރަންހިތައި ކުރެވުނުކަމެއް ނުފެނޭމެޔޭ

ނަޞްރާފަތަޙަ މުޅިއުއްމަތަށް ދެއްވުންއަދައިގެން މިހިނދުގައި
ފަސްއިރު ނަމާދަށްފަހު ދެއަތް އުފުލައި ދުޢާކޮށް ދޭށިޔޭ

 

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *