ވެގެން މިގޮތަށް ފަލަސްޠީނަށް ނުދާނެ އަޅައިލުމެއް ދިންނަމަ
އެނގެން އެނގުނީސް އެހެންވީގޮތް ހިތަކު ރަޙުމެއް އެކަކު ހުރިނަމަ
އެތާނގެ ބިމާއި މީހުންނާ ސަތޭކަ އަހަރުތެރޭ ހުސްކޮށް
އެތާނގެ ބިމަށް ޔަހޫދީން ވެރިވިގޮތް ދެލޮލުން ބަލަން ތިބިނަމަ
ދެމުން ގެންދާ ބޮމުގެ ހަމަލާ އެމެރިކާ އާ ހުޅަނގު މީހުން
ދެމުންދާ ރަޙުމު ނެތް އަނިޔާ ތަކުން ވާގޮތް ބަލައި ހެދިނަމަ
އެހެރަ ޗާޓުގެ އެހެރަ ފެހިކުލަ ފޮހެވި ނެތިގެން އެދިޔަ ފަދައިން
އެހެރަ ޗާޓުގެ އިމުން މީހުން މަރައި ހުސްކުރި ހަނދާން ހުރިނަމަ
ޢިރާޤާ މިޞްރު އުރުދުން ސީރިޔާ ލުބުނާނު ހިތްވަރުކޮށް
ގިރާކޮށް ބޯޑަރަށްވަދެ ފެށި ޤިތާލު މިއަދު ހަނދާން ހުރި ނަމަ
ޖަމާޢަތަކުން ޖިހާދުގެ ދޭ ހަމަލައެއް ނޫން މަގެއް ނެތުމުން
ސަމާލުވެ ތިބެ އެ ޙިޒުބުﷲ، ޙަމާސްގެ ޖިހާދު ދެނެހުރި ނަމަ