Support Us

ދެ ދޭހަށް ކައު ނަބިއްޔާ

ރާގު: މި ބިމުގައި އެންމެ ފަރިވާދީ…

ދެދޭހަށް ކައު ނަބިއްޔާއޭ، ޚަލީލީ ދަޢުވަތުން ފަރިވީ
ހެދޭ ގަސްތައް ވެފައި ތާޒާ، ހިޔާ ފިނި ބިންމަތީ ވެރިވީ

ޒަމާނޭ އޭގެ ކުރިބޯށީ، ޖަހާލަތު އެންމެ އުހުގައިވީ 2
ސަމާވީ ވަޙުދަތުގެ އަސަރޭ، ހިޖާޒުގެ ބިންމަތީން ހުސްވީ

އުޖާލާ އެންމެ ނޫރާނީ، ވިދާ ރަންތަރި ސަމާގައިވީ 2
ޢަޖާއިބުތައް ބިޝާރާތުން، ނަބިއްޔުން "ނަބައު" ގައި ދެއްވީ

ޒަބީޙުގެ ހިޖުރަ މައްކާޔާ، އިލާހީ ސިއްރު ގުޅިފައިވީ 2
ނަބީޔޭ މާތްވި ޢަދުނާނީ، ނުބުއްވަތުގައި އެ މަތިވެރިވީ

* މި މަދަޙަ ޚާއްޞަކުރެވިފައިވާ ފަރާތް: ޒާހިލް އިބްރާހީމް ރަމީޒް

 

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *