Support Us

ވޯޓުދެވޭކަށް ނެތް!

ނެތޭ މަޖިލިސް ހޮވަން ވޯޓެއް ދެވޭކަށް ސާފުކޮށް މިބުނީ
ނެތޭ ވެފައެއް މޮޅެއް ގައުމަށް އެތަން އަދު ފެންނަމުން މިދަނީ

އިހަށް ދުވަހަކު ރިވެތި ގޮތުގައި އުޅުނު ގައުމެއް ހަލާކުވެގޮސް
ކިހައްޑިހަ ދައުލަތުގެ އަބުރަށް ބުރާގޮތް ފަހިވެފައި މިވަނީ

ތަޅައި ފޮޅުމާ ޒުވާބު ކުރުން ނަމޫނާ ދައްކަޔޭ ތަޅުމުން
އަޅައި އެކަމަށް ލެވެން ނެތުމުން ޒުވާން ޅަކުދީން އެހެން އުޅެނީ

މަނާ ކުރެވޭކަށެއް ކަންކަން ނެތޭ ފުލުހުންނަށާ ކޯޓަށް
ހަނާވެ ދިޔަސް ޒުވާން ޅަކުދިން ހުރަސް ޤާނޫނުތައް އަޅަނީ

ޝަރީޢަތް މާތްވި އިސްލާމީ، މިތާ ހިންގަން ނުދީ ފުރުޞަތު
ޝަރީޢަތް ހިންގުމަށް ޤާނޫނު ކުރިޔަށް ނެރެ އެ އިސް ކުރަނީ

އޮތީ ފަނޑިޔާރުނަށް ލާޒިމު ކުރެވިފައި އިސްކުރަން ޤާނޫނު
އޮތީއެ ސަތޭކަ ސާޅީސް ދޭއްގަޔޭ ޤާނޫނު ފެހި ބުނަނީ

ދިވެހި މުޖްތަމަޢުގައި ގޮތްނެތި މުޅީން ދިޔައިރު ނިދާން ތިބެގެން
މިވެށި ހެޔޮ ހަމަ މަގަށް ގެންނަން ޚިޔާލެއްވެސް ނުވެސް ކުރަނީ

ވެހޭއިރު ފެންނަގާ ގޮތުގައި ތިބޭ މަޖިލިސް ނެތީމެ ހޮވަން
ވެހޭ ވަޢުދުގެ އަވައިގައިޖެހި މަށެއް ދެން ވޯޓުލާން ނުދަނީ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *