Support Us

ނުވިސްނާތީ!

ތިމާހުރިގޮތް ރަނގަޅު ކަމުގައި ދެކޭމީހުން ވަނީ ގިނަޔޭ
ދިމާއެއް ދާންވި ނޭނގުނަކަސް ނެވިން ހައްތާ ވަނީ ގިނަޔޭ

ފޮތެއްލިޔެފައިވި ބަހުގައިވީ ގަވާއިދުތައް ސަފުން ނުދަތަސް
ގޮތެއް ނުކިޔާ އެކަކުނޫޅޭ ޒަމާނެއް ދުނިޔެ ދެކެނީޔޭ

އިލާހީ ފޮތުގެ އަޞްލުތަކާ ފެޔަށް މީހުން ލެވޭ ހުރިހައި
ޚިލާފުވި ކަންކަމާ ކޯޅުން ތަކެއް ފިޔަވައި އިތުރު ނުވެޔޭ

ނުވާށޭ އިބުރެމެން ބައިބައި ޢަދާވާތްތެރި ޢަދުއްވުން ހެން
ނުވާ އަމުރެއް ކަމަށް އެކަމަކު ހަދައިގެންތިބި ބައެެއް ފަދަޔޭ

ބަޔާންވެވި ސޫރަތުން އަޙުޤާފު ނުވައެއްގައި އެހެން އޮތްކަން
ޙަޔާތުން އެއްފަހަރު ނަމަވެސް ބަލައި ލެވިފައި ނުވާ ފަދަޔޭ

އެފަދައިން ސޫރަތުލްއިސްރާ ތިރީސްހަޔަކަށް ނަޒަރުހިންގައި
އެފަދަ ބަސްފުޅު ތަކާމެދުގައި ސަމާލުވުމެއް އެކަކު ނުދެޔޭ

ހަލާކުގެ ނަރަކައިންދިނިގެން ސުވަރުގެވަނުން އެދޭނަމަވެސް
ސަލާމަތް ނަފުސުކުރުމަށް ޒިންމަތެއް އުފުލައި ނުއެއްހަދަޔޭ

ޙަޔާތުގެ ވަގުތު ގަނޑުފެންބުރިއަކާ އެއްފަދަވެ ވިރިދާއިރު
ޙަޔާތެއްގައި މިދުނިޔޭގައި އަބަދު އުޅެވޭނެޔޭ ހިތަޔޭ

އަޚުންނޭ ލޯބިވާ މުސްލިމު ނަސޭހަތް ދޭށެ ނަފުސަށް ހެޔޮ
ފަހުން ކުރުމަށް ހިތާމަޖެހޭ ދުވަސް މާ ދުރުގައެއް ނުވެޔޭ

 

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *