ފިކުރަށް ދެވޭ ޙަމަލާގަޔޭ ގައުމަށް ލިބޭ ގެއްލުން ބޮޑީ
މިކުރާ ޤިތާލުތަކުން އަޅާ ބޮމަކަށް ވުރެން ގެއްލުން ބޮޑީ
ޢިލްމީ ތަވާއެއްގައި ދެފުށް ދެފުށަށް ޖަހައި ރޯނުފިލަނީސް
ހިއްލައިލުމޭ ތަވައިން ނަގައި ކެއުމަށްޓަކައި ގެއްލުން ބޮޑީ
ރޯފިލުވި އެއްޗެއް ކައިލުމުން ލާރަހަ ނުދަނެ ހުރެގެން ސަފުން
ރޯފިލުވިފައިވާ އެއްޗަކަށް ކުރުމޭ ހުކުން ގެއްލުން ބޮޑީ
ފިލައެއްއަޅައިގެން އުޅަނދުހުރި ތަންނޭނގުނަސް ހޯދަންސަފުން
ހިލަމެއް ނުވާއިރު ބެހިދިޔަސް ކޯސް ދޭކަމޭ ގެއްލުން ބޮޑީ
ދެކެވޭގޮތާ ފިކުރާމެދަށް އެނގުމެއް ނުވާއިރު ކަށަވަރަށް
ރެކެވޭނެ ގޮތްނެތި ގޯސްވިނަމަ މަގުދެއްކުމޭ ގެއްލުން ބޮޑީ
ގުދުގޯޅިތައް ސީދާމަގުން ކަނޑަމުން އެ ގޯޅިން ދާންހިނގައި
ބުދުނެތި ބުދަށް އަޅުކަން ކުރަން ޖައްސާކަމޭ ގެއްލުން ބޮޑީ
ޔުނިވާސިޓީ ތަޢުލީމުގައި ފާސްވާ އެ ސާޅީސް މާކުހުން
އުނިވާ އެތައް ޢިލްމީ ކަމެއް ނޭނގޭކަމޭ ގެއްލުން ބޮޑީ