ސިޔާސީ ފިކުރުގައި ޖެހުމުން ހަނދާން މަޙްޝަރު ދުވަސް ނެތެޔޭ
ޤިޔާމަތް އަންނަ ދުވަހެއްކަން މުޅީން އެކުގައި ހަނދާން ނެތެޔޭ
ބުނާބަސް ކުރުމުގައި ގިރިޓީ ހެވެއް ނުބައެއް ނުދަންނަ ފަދައެ
މުނާސަބު ވެއްޖެ ނަމަ އެދުމާ، ތެދާ، ގުދު، ނެތްކަމެއް ފަދަޔޭ
ތަފާތެއް ނެތް އެނގޭ މީހުން އެނޫން މީހުންގެ މެދުގައިވެސް
ނަފާއެއް އޮންނަނަމަ ފިކުރަށް ސަފުން ޙައްޤެއް ބަލައި ނުލަޔޭ
ޒުވާން ޖީލާ ޅަފަތުގެ ދަރީން އެޒާތަށް އެނބުރެމުން ދިއުމުން
ނުވާނޭ ގެއްލުމެއް ގައުމަށް ނެތަސް އެކަމެއް ބަލައި ނުލަޔޭ
ނަމާދެއް ރޯދައެއް ނުކުރާ ކަމަކު ދޫ، އެކަކުވެސް އެކަމަކު
ސަމާލުކަމެއް ރިވެތި ޚުލުޤަށް ދެވޭތީއެއް ނުއެއް ފެނެޔޭ
ވިޔަސްވަރި ދެމަފިރިންކަންކެނޑި ދުލެއް ކުރުމެއް ނެތޭ ފިކުރެއް
ދިޔަސް ކެނޑިގެން ތިމާގެކަމާ މަޔާ ދަރިކަންމެ ވަރިހަމަޔޭ
ހިޖާޒަށް ދީންމި އައި ހިނދުގައި ގުޅުންތައް ގާތް ކެނޑުނު ފަދައިން
ޙިޖާބުވެ ދިވެހި މުޖުތަމަޢުގެ ގުޅުންތައް ކެނޑި ފިލައި ދިޔަޔޭ