ނަމޫނާ ދިއްގަރުން ދެއްކެވި އެހައި ފުރިހަމަަ ވެފައި ރީއްޗޭ
އެމޫނުތަކުން ފެނުނު ހިނިތުން ވެލުން އަދި މާބޮޑަށް ރީއްޗޭ
މިތާރީޚީ މުނާސަބަތަށް މިރަށް ނަލަހެދުނުލެއް ރީއްޗޭ
ހިތާ ހިތްތައް އަތާއަތްތައް ގުޅާލުން މާބޮޑަށް ރީއްޗޭ
ވެފާ ތަރުތީބު ހުރިހާ ކަންކަމެއް ދިޔަގޮތް ވަރަށް ރީއްޗޭ
ފަވާލާ ދިއްގަރުގެ ނަން ތާރީޚުގައި ލިޔެލުން ވަކިން ރީއްޗޭ
ޝަރަފުވެރިޔާގެ ޚިދުމަތްތައް ރަށަށް ލިބިފައިވި ގޮތް ރީއްޗޭ
މިރަށު ކުދިބޮޑު މިހުރިހާ ރައްޔިތުން ދިން ލޯބި މާ ރީއްޗޭ
ސްކޫލާ ރަށު ކައުންސެލަރުންގެ ޙިއްސާވުން އެހާ ރީއްޗޭ
ސްކޫލު ކުދީންގެ އައިޓަމްތައް ވަކިން ފުރިހަމަވެފައި ރީއްޗޭ
މިދަތުރުގެ ބައިވެރީންގެ އުފާ ބަޔާންކޮށްދޭން ވަރަށް ދައްޗޭ
ވަދާޢު ކިޔާ ފުރުން މިރަށުން އެއަށްވުރެ ހިތިވެ ހިތް ދައްޗޭ
އަދާކުރަމުން ޝުކުރު ހުރިހާ ފަރާތުގެ ނަން ލިޔަން ދައްޗޭ
ހަނދާންތައް ހިތްތަކުން ނުފިލާނެހައި ފުރިހަމަވެފައި ރީއްޗޭ
މި ޅެމަކީ މި އަހަރުގެ ޅެންވެރީންގެ ދުވަހުގެ ރަސްމިއްޔާތު ނިންމައި 26 ޖަނަވަރީ 2020 ގައި މ. ދިއްގަރުން ފުރުމުގެ ކުރިން ދިއްގަރުގެ ވެރީންނާއި ރައްޔިތުންނަށް ހަދިޔާކުރި ޅެމެކެވެ.
