Support Us

މަޙްޝަރަށް އީމާން ވެވޭނަމަ!

އީމާން ވެވޭނަމަ މަޙުޝަރަށް ކުށް ކުރުމުގައި ނޫޅޭނެޔޭ
އީމާނަކީ އެނގިގެން ކަމެއް ހިތުގައި ޔަޤީން ކުރުމަށްވެޔޭ

އަޖަލުގެ ވަގުތު ދުރުގައިނުވާ ދުނިޔޭގެ ދިރިއުޅުމަށްޓަކައި
މަޖަލާ ސަކައިގައި ހެޔޮކަމެއް ނުކޮށެއް ކުޅެން ނޫޅޭނެޔޭ

ނުވަދިހަ އަހަރުވަރު ދިގުވެގެން އުޅެވޭ ދުނިޔެ ބަނޑުދަށުލުމަށް
ސުވަރުގެ ދެވޭން ހުރި އެންމެހައި ކަަމަކާ ދުރަށް ނުދުވާނެޔޭ

ކައިބޮއިހަދާ އެތިކޮޅު އެއީ، ތޯހިރު ހަލާލު ތަކެތިކަމެއް
ގައިމެއް ނުކޮށް މޮޑެފައި އަރަށްލައި ދިރުވައެއް ނުމެލާނެޔޭ

އަމުދުން ކޮކާލާ މާބުރާ އެއުޅޭ އުޅުުން ކޮށްގެން ނަކަލު
ގަމުތެރެ ހެދޭ ގަސްގަހުގެ މަލު ފޮނިބޯކަށެއް ނޫޅޭނެޔޭ

ގަނޑުވަރުތަކެއްފަދަ ގެތަކުގައި މަޚުމަލުގެ މަޑުދާންތަކުމަތީ
ބަނޑުހައިވުމެއް އިޙުސާސްނުކޮށް ޣާފިލުވެފައި ނީންނާނެޔޭ

މިނިކާވަގުގެ ވިންޑޯސް އަޅައި ފޯމެޓް ސިކުޑިކޮށްގެން މިތާ
ހިނިތުންވުމެއްވެސް ނުދެނެތިބި ޒާތަށް އުޅެން ނޫޅޭނެޔޭ

އެދި ފުއްސެވުން ހުރިހައި ކުށެއް ފާފައިގެ މައްޗަށް ގިސްލަމުން
އެދިގެން ސުވަރުގެ ނަސޫޙޫ ތައުބާ ނުވެ އުޅެން ނުކެރޭނެޔޭ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *