...

Support Us

ގޭގޭގެ ބިންގަރާސް ކޮޓަރިތަކުގައި ސާރިދޯޅު

ސާރިދޯޅަކީ ހަރީފު މޫސުމުގައި "ހައިބަނޭޓް" ނުވަތަ ދިގު ނިންޖަކުން ނިދާ ޖަނަވާރެކެވެ. މީގެ ސައިޒާއި ވަރުގަދަ ކަމުގެ ގޮތުން ބަލާއިރު، ހަމަލައެއް ދީފި ނަމަ، އިންސާނާގެ ފުރާނައަށް ވެސް ނުރައްކާވެއެވެ.

ހަރީފު މޫސުން ނިމި، ރަބީއު މޫސުމުގެ އަސަރުތައް އެމެރިކާއިން ފެންނަމުން އަންނައިރު، ނޯތް ކެރޮލައިނާ ސްޓޭޓްގެ އަހުލުވެރިންނަށް މިހާރު ކުރިމަތިލާން ޖެހިފައިވަނީ މި ކަހަލަ ބިރުވެރިކަމަކާއެވެ: އެ މީހުންގެ ގޭގޭގެ ބިންގަރާސް ކޮޓަރި ނުވަތަ "ބޭސްމަންޓް" އަށް ވަދެ ހައިބަނޭޓް ކުރަމުންދިޔަ ސާރިދޯޅުތައް ހޭލާން ފަށާފައިވާތީއެވެ.

މި ކަމާ ސަމާލުވުމަށް ނޯތް ކެރޮލައިނާގެ އޮފިޝަލުން އަންނަނީ ރަށްވެހިންނަށް ގޮވާލަމުންނެވެ.

ނޯތް ކެރޮލައިނާގެ ހައިވާނުންނާ ބެހޭ އިދާރާ، ވައިލްޑްލައިފް ރިސޯސަސް ކޮމިޝަންގެ ބަޔޮލޮޖީ އިލްމްވެރިޔާ ޖަސްޓިން މެކްވޭ ވިދާޅުވީ ފަހަކަށް އައިސް އިންސާނުން ދިރިއުޅޭ ގޭގޭގެ ބޭސްމަންޓްގައާއި ޑެކްއަޅައިގެން ހަދާފައިވާ ގޭގޭގެ ޑެކް ދަށުގައި ހަރީފު މޫސުމުގައި ނިދަން ސާރިދޯޅު ވަނުމުގެ "ހާދިސާ"ތައް އިތުރުވެފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ސާރިދޯޅުން އުޅޭ ބިންގަރާސްތަކުގެ ވާހަކަ ދެއްކުމުން ބައެއް މީހުންނަށް ހީވަނީ އެއީ ފަރުބަދަތަކުގައި ހުންނަ ހޮހަޅަތައް ކަމަށް ހީވި ނަމަވެސް އެހެން ނުވެދާނެ ކަމަށެވެ.

"ޑެކްތަކުގެ ދަށާއި ގަސްގަހާގެހި ކޮށައިގެން އެއްކޮށްފައިވާ 'ކުނިގޮނޑު' ދަށަކީ ވެސް ސާރިދޯޅުން ނިދަން މިހާރު ބޭނުން ކުރާ ތަންތަން،" ޖަސްޓިން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މީގެ 12 އަހަރު ކުރިން ކޮމިޝަންގެ ވަޒީފާއަށް ނުކުތްއިރު، މީހުން ދިރިއުޅޭ ގޭގޭގެ ހިމާޔަތް ހޯދައިގެން އުޅޭ ސާރިދޯޅުންނާ ބެހޭ ގޮތުން ދެ ތިން ހާދިސާއެއްގެ ވާހަކަ އިވުނަސް މިހާރު އެ އަދަދު 15 ވަރަކަށް ހާދިސާއަށް އިތުރުވެފައިވާ ކަމަށެވެ.

ޖަސްޓިން ވިދާޅުވީ މޫސުން ހުންނަ ގޮތުން ބަލާފައި ގޭގެއިން ސާރިދޯޅު ނެރެން ކޮމިޝަނުން މަސައްކަތް ކުރާ ކަމަށެވެ.

"ނަމަވެސް ވަރަށް ޅަ ދަރިންތަކެއް ގެންގުޅޭ ސާރިދޯޅުތައް ގޭގެއިން ބޭރުކުރަން އަހަރެމެން ޖެހިލުންވޭ،" އޭނާ ވިދާޅުވިއެވެ.

"މި ވަޒީފާގެ އެންމެ 'މަޖާ' ތަންކޮޅަކީ ސާރިދޯޅެއް ގޭގެ 'ބޭނުން ނުކުރާ ބައިގައި' އުޅުނަސް އެއީ އެންމެ ރަނގަޅު ކަމެއްކަން ގޭގެވެރިޔާއަށް ވިސްނައިދިނުން،" ޖަސްޓިން އިތުރަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މާރިޗު މަހުގެ ފަހުކޮޅާއި އެޕްރިލް މަހުގެ ކުރީކޮޅު ރަބީއު މޫސުން ފެށެން ކައިރިވުމުން ސާރިދޯޅުން އަމިއްލައަށް އިންސާނުންގެ ގޭގެ ދޫކޮށް ދާ ކަމަށެވެ.

ވީޑިއޯ ބައްލަވައިލެއްވުމަށް

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.