ފަންސާއަށެއް ފުރުނީ އަދަށް ހާހާ ހަތަރު ސައްތަގެ ފަހުން
ތަންޒީލުވާން ކީރިތިވި މާތް ޤުރުއާން ކަރީމް ފެއްޓެވި ފަހުން
އޮޅުމެއް ޚިލާފެއް އެކަމުގައި ނުވެޔޭ ސަފުން ތާރީޚުގައި
ފޮޅުވަތްތަކުން ފެންނަން އެހެރަ ލިޔެވުނު ޞަޙީޙުވި ފަތްފުށުން
ހުވަފެންފުޅުން މާތްރޫޙުފުޅު އެތަކެއްރެއަކު ގެން ފެނިވަޑައި
ދުވަހުގެ ދުވާލުގެ ވަގުތުގައި ގެންނެވި ވަޑައި ދެކެ ލޯފުޅުން
إِقْرَأْ ގެ މަތިވެރިވީ އަމުރުފުޅު އިއްވެވި ފަހުން ތަކުރާރުކޮށް
إِقْرَأْ ގެ މަތިވެރި ބަސްފުޅުން އިއްވެވި ވަޙީ ފަސް އާޔަތުން
ދޭހަށް ދެ މަތިވެރި ދަންމަރުގެ ރަންދޯދިތައް ބަބުޅައިލިހިނދު
ހޭހަން ކުރަން ފެއްޓެވި ބަލިން ޝިރުކުގެ ދިފާޢީ ބޭސްކޮޅުން
قَدْجَآءَكُمْ ފަދަ ބަސްފުޅުން ތާރީފުވީ ދީނާއި ފޮތް
އަދު ޙައްޤު ކަންއެނގި ފާޅުވޭ ގިނަގުނަ ސައިންސުގެ ހެކިތަކުން
ޤުރުއާން ކަރީމަށް ބޯލަނބައި އެގޮތަށްއުޅޭ އެއްވެސް ބަޔަކު
ދުރުކޮށްލެވޭނެ ބައެއް ބިމަކު ނޫޅޭނެ ބާރުން ކަށަވަރުން