ކުރޭ ދައުވާ ސުވަރުގެ ލިބޭ ކަމަށް ހަމަ ކޮންމެ މީހަކުވެސް
ދުރޭ އެހެނަސް ކުރާ އަމަލާ ސުވަރުގެ އަދައި ހިނގާ މަގުވެސް
ޒަމާން މަޖުބޫރު ކުރުވާ ބުރަ ހަޔާތުގެ ކަންތަކުގެ ސަބަބުން
ސަމާލު ކަމެއް ޖެހޭތީ ދޭން ފަތަން ފައިސާގެ ފަހަތުންވެސް
މިދާކަށް ދުވަހު ދުނިޔޭގައި އުޅެން ފުދިފައިވި މަދު މުދަލުން
ފިދާކުރުމަށް ޒުވާން ޅައުމުރު އެއިރު ނުމެ ޖެހެޔެ އެކަކާވެސް
ކަރަންޓާ ބޯފެނުގެ އިތުރުން ފްލެޓްކުލި ދެއްކުމަށް ނުފުދޭ
ވަރަށް މަދު މަހު މުސާރަ ކޮޅުން ފުދޭނެ ގޮތެއް ނުވާތީވެސް
ދަރައި ނުވިކޭ ގޮތަށް އުޅުމަށް މަގެއް ނޯވޭ ވެފައި ތަނަވަސް
ހަރަދު ބަރަދަށް ގޮތެއް ހޯދަން ޖެހޭތީ ކަތިމަގުން ދާންވެސް
ސަބަބު ހޯދައި ދިރާސާއެއް ކުރާނެ ނެތޭ ފަރާތެއްވެސް
ހަބަރު ދަބަރެއް ހަގީގައިތުގައި އެނގޭ ނެތަތީ ވެރިންނެއްވެސް