މިދިޔަ ޑިސެމްބަރު މަހު އިނގިރޭސި ވަލީ އަހުދު ޕްރިންސް ވިލިއަމްގެ އަނބިކަނބަލުން ޕްރިންސަސް ކޭޓް އާއްމުންގެ ކުރިމަތިން "ގެއްލުމުން" އިނގިރޭސި ރައްޔިތުން ވަނީ ހާސްވެފައެވެ. ނަމަވެސް ވީ ގޮތް މިހާރު ކެންސިންޓަން ގަނޑުވަރުން ހާމަކޮށްފިއެވެ: ޕްރިންސަސް ކޭޓް އަށް ކެންސަރު ޖެހި، ފަރުވާ ހޯދަމުން އަންނަނީއެވެ.
ކޭޓް ކުރިން ވިދާޅުވެފައިވަނީ ޖަނަވަރީ މަހު ހަށިގަނޑުގެ އޮޕަރޭޝަނެއް ކުރައްވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ކަހަލަ އޮޕަރޭޝަނެއް ކަމެއް ވިދާޅެއް ނުވެއެވެ. އަދި ކެންސަރު ޖެހިފައިވާކަން ހުކުރު ދުވަހު ހާމަ ކުރެއްވި ނަމަވެސް، އެއީ ކޮން ބާވަތެއްގެ ކެންސަރެއް ކަމެއް ވެސް ހާމައެއް ނުކުރައްވައެވެ. ހަމައެކަނި ވިދާޅުވިހާވެސް ވާހަކައަކީ ކީމޯތެރަޕީ ފަރުވާ ފަށާފައިވާ ކަމަށެވެ.
ކޭޓްގެ ކުރިން ރަސްގެފާނު ޗާލްސް ތިނެއް ވެސް ވަނީ ކެންސަރާ ހަނގުރާމަ ކުރައްވަމުން ވަޑައިގަންނަވާ ކަމަށް ފެބްރުއަރީ މަހު ހާމަކުރައްވައިފައެވެ. ނަމަވެސް އެއީ ވެސް ކޮން ބާވަތެއްގެ ކެންސަރެއް ކަމެއް ބަކިންހަމް ގަނޑުވަރުން ހާމައެއް ނުކުރެއެވެ.
ޖަނަވަރީ މަހު ކުރި ކޭޓްގެ ސާޖަރީ ކާމިޔާބު ކަމަށްވެއެވެ. ނަމަވެސް ޗާލްސްގެ އޮޕަރޭޝަނާ ބެހޭ ތަފުސީލެއް ނުދެއްވައެވެ. ވިދާޅުވިހާ ވެސް އެއްޗަކީ ޕްރޮސްޓްރޭޓް ދުޅަވެފައިވާ ކަމަށެވެ.
ދެ ބޭފުޅުން ވެސް ފަރުވާ ހޯއްދެވީ އެއް ހޮސްޕިޓަލަކުން ކަމަށްވެއެވެ.
ބަކިންހަމް ގަނޑުވަރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "ކޭޓް ދެއްކެވި ހިތްވަރުފުޅާމެދު ޗާލްސް ފަހުރުވެރިވެ ވަޑައިންނަވާ" ކަމަށެވެ.
"މިވީ ހަފުތާތަކުގައި ކޭޓްއާ ވަރަށް ގާތް ގުޅުމެއް ޗާލްސް ބާއްވަމުން ވަޑައިގަންނަވާ،" ގަނޑުވަރުން "ޕީޕްލް" އަދި "ދަ ގާޑިއަން" ނޫހަށް ބުނެފައިވެއެވެ.
ޗާލްސްގެ ހަގު ދަރިކަލުން ޕްރިންސް ހެރީ އާއި އޭނާގެ އަނބިކަނބަލުން ޕްރިންސަސް މެގަން ވެސް އާއިލާއާމެދު ގާތްކޮށް ބައްލަވާ ކަމަށް، ބަކިންހަމް ގަނޑުވަރުން ބުންޏެވެ.
ޕްރިންސް ވިލިއަމް އަދި ޕްރިންސަސް ކޭޓްގެ ތިން ބޭފުޅުން ތިބެއެވެ.