ހެޔޮ ގޮތެއް ދީނަށް ވުރެން ނުވެޔޭ އުޅޭކަށް މީސްތަކުން
ހެޔޮ މި އިސްލާމް ދީނުގައި ސާބިތުވެޔޭ ހެޔޮ މީސްތަކުން
ބުރަކަމެއް އެއްވެސް ކަމެއްގައި ނެތް ފަސޭހަވި ދީނުގައި
ފުރަގަހަށް އެއްލައި ނުލަތެ ޙުކުމެއް މި ދީނުގެ މީސްތަކުން
ފަސްރުކުން މައްޗަށް ބިނާވީ ލުއިފަސޭހަވި ދީނުގައި
އަޞްލުތައް ރަނގަޅަށް ބަލައި ފިލުވައި ހަދަތެ ގިނަ މީސްތަކުން
ލެއްވި އެއްވެސް ވާޖިބެއް ފަރުލެއް ނުވޭ ބުރައެއް ވެގެން
ހެއްލުމެއްގައި ހުރިއަޅަކު ފިޔަވައި އެހެން ނަށް މީސްތަކުން
އިސްވެދިޔަ ހުރިހައި ރަސޫލުންނާ ނަބިއްޔުން ދުނިޔެއަށް
އިސްކަމެއް ދެއްވެވި ތަނެއް ދެކެފައި ނުވާނޭ މީސްތަކުން
ދުނިޔެއީ ގާއިމުވެ ތިބުމެއް ނެތް ތަނެެއް ނިމި މަރުވެދާ
މުނިއަވަސް ފިލުވާ ތަނެކެ ހީކުޅަ ކަމަކުވެސް މީސްތަކުން
މަރުހަނދާންކޮށް މަޙްޝަރަށް ތައްޔާރުވޭ ހެޔޮ މީސްތަކުން
ކަރުނަ އަޅަމުން ފާފަ ފުއްސެވުމަށް އެދޭ ހެޔޮ މީސްތަކުން