އަރަތަކަށް ނުފުދޭހެ؟ މީހާ މަރު ހަނދާން ނެތިދާ ކަމީ
ވަރަނެތަސް އުދުހޭން ކަމަށް އަތް ފިޔަކަމަށް ދެކެވޭ ކަމީ
ލޯމަތީގައި ކޮންމެ ދުވަހަކު މަރުވަމުން މީހުން ދިޔަސް
ބޯމަތީ އުދުހެން ކަމަށް މުދަލާއި ފައިސާ ހޯދުމީ
ރުއްސެވުން ރައްބީގެ ދުވަހަކު ނުލިބުނަސް މުދަލަށްޓަކާ
ފުއްސެވުން ނެތް ބޮޑަތިކުށް ޖެހިލުން ވުމެއްނެތި ކުރެވުމީ
އެއްގަރުނުވެސް ދެމިނުހުރެވޭ ދުނިޔެއެއް ކުރުމަށް ބިނާ
އެއްކުރާ މުދަދަލާއި ފައިސާ ވަކިވެދާކަން ނޭނގުމީ
ދަރުމައެއް ލިބެނީ ތިމާޔަށް ކޮށްއުޅޭހައި ހޭދައިން
ކަރުނަ އޮހޮރޭހައި ކުލުނުހުރި މުދަލަކުންކަން ނޭނގުމީ
މީސްތަކުންގެ ބަފައިކަލުން އާދަމުގެފާނު އިރުއްސުރެން
މީސްތަކުންކުރެ އެކަކުވެސް ދެމި ނުހުރެވޭކަން ނޭނގުމީ
އެންމެހައި ރުސުލުން ބަޔާންކޮށް ދެއްވި ދީނީ ހެޔޮމަގުން
އެންމެ މީހަކުވެސް މިއަދު އަމުދުން ހިނގަން ނޫޅޭކަމީ