Support Us

ތާރީހީ ޑްރޯންގައި ތާނަ އަކުރު ބޭނުންކުރުމުން ތައުރީފު އޮހެނީ

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ އެއަރ ކޯރ އުފައްދަވައި ފުރަތަމަ ބޭނުންކުރަން ފެށި އަންމޭންޑް އޭރިއަލް ވެހިކަލް ނުވަތަ ޑްރޯންގައި ތާނައިން "ދިވެހިރާއްޖެ" ޖަހައިފައިވުން ވެގެންދިޔައީ އަސްކަރީ މިފަދަ އުޅަނދެއްގައި ތާނައިން ނަމެއް ޖެހި ފުރަތަމަ ފަހަރަށެވެ. އެހެންވެ، ހުކުރު ދުވަހުގެ ރޭ ނ. މާފަރު އިންޓަނޭޝަނަލް އެއަރޕޯޓުގައި ބޭއްވި އިފްތިތާހީ ރަސްމީޔާތަށްފަހު، އެކަމަށްޓަކައި ގިނަ ބަޔެއްގެ ތައުރީފު ދަނީ އޮހެމުންނެވެ.

"ދިވެހީންގެ ސަލާމަތާ ގުޅޭ މި ފަދަ އުޅަނދެއްގައި ދިވެހީންގެ އަމިއްލަ ގައުމީ ބަހުން އަމިއްލަ ތާނަ އަކުރުން އަމިއްލަ ދިވެހި ރާއްޖޭގެ ނަން ފަވައިލައިފައިވަނިކޮށް ފެނުމުން ހިތުގައި އުފެދެނީ ވަރަށް އުފާވެރި ފަޚްރުވެރި އަދި ޝުކުރުވެރި ޝުޢޫރުތަކެކެވެ. ޝުކުރިއްޔާ ޢިއްޒަތްތެރި ރައީސް! އޯގާވަންތަ މާތް ރަސްކަލާނގެ މި ލޮބުވެތި ދިިވެހި ރާއްޖެ މިނިވަންކަންމަތީ އަބަދުމެ ލަހައްޓަވާށިއެވެ. އާމީން!" ދިވެހިބަހުގެ މަޝްހޫރު އަދީބު އަދި ގައުމިއްޔަތާ ބެހޭ ވަޒީރު އާދަމް ނަސީރު ފޭސްބުކްގައި ލިޔުއްވައިފައިވެއެވެ.

އޭގެ އިތުރުން ދިވެހިބަހުގެ މަޝްހޫރު އަދީބު އަދި ގައުމީ އަރުޝީފުގެ ޑިރެކްޓަރ ޖެނެރަލް ފަރެސް މުހައްމަދު އާމިރު ވެސް ވަނީ އޭނާގެ ތައުރީފު ފޭސްބުކްގައި އޮއްސަވައިލައްވައިފައެވެ.

"ގައުމުގެ ދިފާއީ ބާރުން އުދުއްސައިލި ޑްރޯންތަކުގައި ދިވެހިބަހުން ތާނައަކުރުން "ދިވެހިރާއްޖެ" ލިޔެފައިވާ ކަމީ ނުހަނު ހިތްހަމަޖެހުނު ކަމެކެވެ. ގައުމާއި އަވަށްޓެރިންގެ ލޯތައް ހުއްޓިފައިވާ ދިމާގައި ދިވެހިބަހުން ތާނައަކުރުން ރާއްޖޭގެ ނަން ލިޔުމަކީ ކުރެވުނު އިއުލާނެކެވެ. އުންމީދަކީ ދެން ހުރި ކަންކަން ވެސް، އެ ކަމަކަށް އެކަށޭނަ ވަގުތުގައި މި މަގަށް ސީދާވެގެން ދިއުމެވެ. ދިވެހިބަހާއި ތާނައަކުރަށް ޖާގަދޭންޖެހޭ ކިތަންމެ ހާލަތެއް އޮތް އިރު، ގައުމީ ދިފާއީ ބާރުގެ މި އިސްނެންގެވުމަށްޓަކައި ޝުކުރު ދަންނަވަމެވެ."

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *