އިލާހީ ދީނުގައި އިސްލާމް އަޅާ ސާބިތު ކުރައްވާނދޭ
ތިލާވަތުގައި ކަލާމްފުޅު މާތް ފަހުމުކޮށް ދެެއްވަވައި ފާނދޭ
ބަޔާންވެ އެނގޭވަރުން ޤުރުއާނުގައިވާ ހަމަތަކުން އުޅެގެން
ޙަޔާތެއް ޖަންނަތުން މަތިވެރި އަޅާޔަށް ދެއްވަވައި ފާނދޭ
ޒަމާނީ ދަޅަތަކަށް ހެއްލެވި މަރާ މަޙްޝަރު ހަނދާން ނެތުމުން
އަމާންކަން ކަށްވަޅުން ފެށިގެން ނުވާ ގިންތީން ނުލައްވާނދޭ
ފޮތާ ފޮތުގައިވި ތަފްސީރީ ބަޔާންތައް ސާފުކޮށް ދެއްވައި
ގޮތާއެކު ދައްކަވައި ދެއްވެވި މަގަށް ތައުފީޤު ދެއްވާނދޭ
މިދުނިޔޭގައި އަޅުން ލެއްވެވި ސަބަބުވެސް ހަނދުމަ ނެތިކޮށްފައި
ނިދުމުގައި ވޭތުކުރި ފަދަ ގަބު އަޅެއްކަމުގައި ނުލައްވާނދޭ
ރަޙުމުކޮށް މީސްތަކުންނާ ލެއްވިހައި ހައިވާނުނާ މެދުގައި
ބަހުން، ޢަމަލުން، ވެ އޯގާތެރި އުޅެން ހިތް މަޑު ކުރައްވާނދޭ
ނުހަނު ރުހިވޮޑިގަތުން މިއަޅަށް އިލާހީ ޙަޟްރަތުން ލިބިގެން
އުހައުވެރި ނިޢުމަތުގެ ސުވަރުގެ އަޅަށް މިންވަރު ކުރައްވާނދޭ