ކީއްވެތޯ އީމާންވެ ތިބެ އިޞްލާޙު ނުވަނީ އަހުރެމެން
ކީއްވެކަން ހޯދާ ބަލަން ފަސްޖެހެވިފައި ތިބެނީ މިހެން
ހިތްވަރުން އީމާންކަމުގެ މަތިވެރި ކަރާމާތުން ލިބޭ
ހިތްއެދޭ ފާސިޤު ޢަމަލުތައް ނޯންނަނީ ދޫކޮށް ލެވެން
ކޮންމެ އަޚަކާ އުޚުތަކަށްވެސް ހެޔޮ ރަނގަޅު އިރުޝާދުދީ
ކޮންމެކަމަކާ ގޯސް ދުރަށްދާން ބުނެނުދޭންވީ އަހުރެމެން
ސުންނަތެއް ފަރުލެއް ސަފުން ނާޅާކަމަކުވެސް އަހުރެމެން
އުއްމަތުގެ ސިފަތައް ރިވެތި ގެއްލިއްޖެ މެދުގައި އަހުރެމެން
ހެޔޮ މަގުން ދެއްވާ ނަސޭހަތް وَاعِظُންނާ ނާސިޙުން
ހެޔޮއަސަރު އެއްވެސް ކަމެއްގައި ނުކުރަނީ އަދު ކީއްވެގެން
ގަސްތުގައި އެނގިހުރެ ނުބައި ކަންކަން ކުރަން ވީ އާދައޭ
ފަސްޖެހޭ މީހަކު ނުވޭ ތެރެއިން މިއަދުގައި އަހުރެމެން
މައްސަރުން މިހިނގާ ވަގުތުކޮޅު ހެޔޮ ނިޔަތުގައި ހޯދުމަށް
ފަޞްލަކުން ފަށަމާހެ؟ ހެޔޮ މަގުގައި ހިނގޭތޯ ވިސްނިގެން