ރޯދަޔާ ތަގްވާގެ ގުޅުމުން ހާދަ ނަފައެއް ލިބިދެޔޭ
ރޯދައިން ލިބިދޭ ފިލާވަޅު ތިލަފަތުން މިނެ ނުލެވެޔޭ
ސިއްރުސިއްރުން ސިއްރިޔާތުން ކޮށްއުޅޭ ކަންތައްތަކާ
ސިއްކަޖެހިފައިވީ ނުބައި ގިންތީގެ ޢަމަލާ ވަކިވެޔޭ
ހިތުގެ ދަހިވެތިކަމުގެ ސަބަބުން ބާރުކޮށްލެވިފައިވި މުށް
މިތުރުނަށް ދީލަތިކަމާއެކު ތަންމިނަށް ހުޅުވޭމެޔޭ
ނިކަމެތީން އުޅެމުން އެދާ ދަތި ހާލު ވިސްނޭ ވިސްނުމުން
ބިކަވެ ދެރަހާލަކު އުޅޭ މީހުންގެ އިހުސާސް ކުރެވެޔޭ
ހީނުކޮށްހުރި ހާސްއެތަައް ކަންތަައްތަކެއް ރަނގަޅާ ނުބައި
ދީނުގައިހުރި ހަމަތަކުން ދަރުސުގެ މަގުން ދަސްއެބަވެޔޭ
އަފުރެމެން ޖެހެނީ އުޅެން ހަމައެެެެއް މާތީކަން ދީނުގައި
ކަފުނުގައި ކަށްވަޅުގެ ދާނަށް ނުލެވެނީސް ދަންނަންވެޔޭ