އެބަ އާދޭ އެބަ އާދޭ
މައްސަރު ހެޔޮ އެބަ އާދޭ
ތިން ދިހަ ތިން ފުރުޞަތުދޭ
މައްސަރު މާތް އެބަ އާދޭ
އާދަތަކުން އަންގައިދޭ
މާހެފުމުން ހަނދުމަވެދޭ
ހަނދު ބެލުން ފައްޓައިދޭ
މައްސަރު މާތް އެބަ އާދޭ
ދުވާލުގައި ރޯދަ ހިފައި
ރޭގަނޑު ރޭ އަޅުކަމުގައި
ވޭތުކުރަން ފުރުޞަތުދޭ
މައްސަރު މާތް އެބަ އާދޭ
ދީލަތި އަތްތައް ކޮށްދޭ
ދަހިވެތިކަން ދުރުކޮށްދޭ
އެހީގެ މުށް ހުޅުވައިދޭ
މައްސަރު މާތް އެބަ އާދޭ
ތެދުވެރި ސިފަ ދަސްކޮށްދޭ
ނަފުސު އެއަށް ހާނައިދޭ
ފިލާވަޅާ ޢިބްރަތް ދޭ
މައްސަރު މާތް އެބަ އާދޭ
ތަޤްވާވެރިކަން ބުނެދޭ
ސިފަ ހުރިހައި އަންގައިދޭ
އިޙްސާސްތައް ވަކިކޮށްދޭ
މައްސަރު މާތް އެބަ އާދޭ
ނަގައި ނުލައި ލިބިގަންނަން
އަޅުކަން ހެޔޮ ކޮށް އުޅެލަން
އިޙްޔާކޮށް ރޭތައް ދޭން
މައްސަރު މާތް އެބަ އާދޭ
10 ފުރަބަދުރުވަ 2024