މަރުވެގެން އެދަނީ ފަލަސްޠީނީން ޖެހުނު ހައިހޫނުގައި
ކަރުނައެއް އެކަމަށް ހިލުނު ވެރިއަކު ނެތީތީ ތަޚުތުގައި
ހުރިގޮތާމެދު އުއްމަތުގެ ކަންކަން ފިކުރުކޮށް ބުއްދިކޮށް
ކުރިމަގަށް އުއްމަތުގެ ވިސްނާ ނެތް ވެރީންނެއް އަދަކުގައި
އިސްވެދިޔަ ހަނގުރާމަތަކުގައި ބޮޑަތިކަމުގައި ވަނަ އެދޭ
އިސްދަށަށް ޖެހުނަސް އަހަރެމެން ނެތްހަނދާނެއް އެކަމުގައި
ދިމުގުރާތީ އުކުޅަކަށް ގިނަ ރައްޔިތުން ރުއްސައިލުމަށް
އިމުތެރޭން އިއްވެވި ކަމަކު ބަސްފުޅު ތަކެއް ހަރު ފާޅުގައި
ބާރުތައް ތުރުކީ ޚަލީފާ އަތްޕުޅުން އަތުލީފަހުން
އާރުލާ އެެއްގަސް ނުފެޅަޔޭ ތިބެވިދާފަދަ ހިޔަލުގައި
އާދައިން ދުނިޔޭގެ ބިމުގައި ފެއްޓުނަސް ހަނގުރާމައެއް
މާދަމާޔަށް ލަސްކަރެއް ނެތް އެކުލެވޭފަދަ ޙާލުގައި
ދުޝްމިނުން އަތްދަށުނުވެވި އުއްމަތް ސަލާމަތް ވާނެވަރު
މުސްލިމުން ގުޅިގެން އުފައްދަން ލަސްކަރެއްވީ މިއަދުގައި