ވަގުތު އަންގައިދީ ބަޔާންކޮށްދޭ ލަފުޒު ދެނެގަންނަމާ!
ވަގުތު މިނެ ދިގުމިން ބެލޭ ހުރިހައި ނަމެއް ދަސްކޮށްލަމާ!
އެއް ސިކުންތާ އެއް މިނެއްޓާ އެއް ގަޑީރާ އެއްގޮތަށް
އެއް ދުވަސް، އެއް މަސް، އަހަރު، އެއް މިންގަނޑަށް ގެނެވޭކަމާ!
ހަމަ އެހެން ގަރުނާއި ސާސްކަފު ހިމެނެޔޭ ވަގުތުގެ ތެރޭން
ހަމަ އެހުރިހައި ނަން ސިކުންތަށް ގެނައުމަށް ވިޔަކޮށްލަމާ!
އޭގެ އިތުރުން ރޭގަނޑާއި ދުވާލުވެސް ހިމެނޭ ކަމުން
އޭގެ ކޮންމެ ނަމެއް ސިކުންތަށް ގެންނަގޮތް ހޯދާލަމާ!
ކަން މިހެން ހުރެޔޭ ޒަމާން އަންގާ ނަމާ މެދުގައި މިހެން
ނަން ތަފާތު ވެފައިވަނީ ދިގުމިން ތަފާތު ވުމުން ކަމާ!
ވަގުތު ނެގެނީ ދުނިޔެ ފުރޮޅޭ ފުރޮޅުމެއްގެ މިނުން ކަމާ
ވަގުތު ހިމެނޭ އެންމެހައި ނަންތައް ޙިސާބަށް ގެންނަމާ!
ވަގުތު އަންގާ އިއްޔެ، އަދު، މާދަން، މިޅެމުގައި ނުހިމަނައި
ވަގުތު ކަމުގައި ޅެމުގެ ހުރި މާނައިގެ މައްޗަށް ވިސްނަމާ!