ކަލާނގެ ފިޠްތަރުގެ މޮޅުކަމާއޭ، ޢަލާމަތެއް ނެތް ކަމެއް ނުވާނޭ
ބަލާށެ ޢިލްމާ ތިމާގެ ބުއްދިން، އެއާ ޚިލާފަށް ކަމެއް ނުވާނޭ
ވެހޭހެ ވާރޭ ވިލާގަނޑެއްނެތި؟، ހެލޭހެ ރުއްގަސް ޖެހޭ ވައެއްނެތި؟
ޖެހޭހެ ބައްޔެއް އެބަލި އެނގޭނޭ؟، ކަމެއް ކުރިން ފަޅުވުން ނުވާނޭ
ޤިޔާމަތަށްވެސް ވެޔޭ އެތައްގިނަ، ޢަލާމަތެއް ފާޅު ފުލުފުލުންވާ
ކިޔާލުމުން ސާފުވާނެ ޤުރުއާން، ޙަދީސްތަކުން ކަން ބަޔާބްވެދާނޭ
ޙަޟާރަތެއް ބާރުވެރި ވަނީނަމަ، ގަދަރުވެރީން އިސްކުރެއްވިދާނޭ
ޙަޟާތަރެއް ބާރު ނެތިދަނީނަމަ، މަކަރުވެރީން އިސްކުރެއްވިދާނޭ
ވެރީންގެ ވެރިކަން އަރާއިރަކުކުރި، ޢަދުލު އެވެރިޔާގެ އިސްކުރާނޭ
ވެރީންގެ ވެރިކަން ނިމޭން ދަނީނަމަ، ظُلُمُ ދުސްރަކަށް ހަދާނޭ
ހަލާކު އެއްވެސް ރަށެއް ވަނީނަމަ، ފަސާދަ މޫލައި ދުވަން ފަށާނޭ
ހަލާކު އެނހިނދުން ކުރައްވަވާގޮތް، ބަލާށެ "އިސްރާގެ ސޯޅަ" ވާނޭ
ކުރީން މިދުނީޔެ އިސްވި މީހުން، އުޅުނު ގޮތާމެދު ބަލައި ނުލަންހޭ؟
ހުރީ އެތައްހާސް ކަމެއް ހިނގާފައި، ބަލާށެ ޤުރުއާންބަޔާން ވެދާނޭ
ބަލައި ދިރާސާ ނުވެސް ކުރަންހޭ؟، އެމާތްވި ޤުރުއާން ފޮތުން އެކަންކަން
ބަލައިފިނަމަ ދަތުރު ފަތުރުކޮށް، ބިމުން އެކަން ފެނި ޔަގީން ވެދާނޭ
މިހެން މިކަންކަން އެނގެން ހުރީމާ، އެއިން ފިލާވަޅު ނަގައި ހިފާށޭ
ސިހެންޖެހޭ އެއްކަމެއް ބިރެއްވެސް، ނުފެނި ޙަޔާތް ވޭތު ކުރެވިދާނޭ