ކީއްވެގެންބާ؟ މޫސުމީ ބަދަލެއް މިގައުމުން ފެންނަނީ
ވީއްލިގެން ދަންމާނު ކެޔޮޅުގެ މުށުތެރޭން ގޮސްފައިވަނީ
އިއްޔެއާ މިއަދާ މިހައިބޮޑު ފަރަގަކުން އެ ތަފާތުވީ
ރިތްދަނޑިން ވިއްދައި އުޅަނދު ހިފެހެއްޓި ފުރުސަތު ގެއްލުނީ
އަންނަހައި ރާޅެއް އުޅަނދުގައި އެޖަހަނީ ކަންކަށިމަތީ
ތަންވަޅެއް ފުރޮޅަން ރިޔާވެސް ނުލިބި ދީލަން އެޖެހެނީ
ކޮޅިގަނޑެއްފަހު ކޮޅިގަނޑެއް ނަގަމުން މައުޖުތައް ބިޔަވަމުން
ހޮޅިލަމުން ނުސިޔާނު ގޮތަކަށް އަންނަގޮތް މެދުވެރިވަނީ
އުދަރެހުން ކޮއްބޯ ވިލާ ނަގަމުން މަގަތުގައި ދުނިޖަހައި
އުދަރެހަށް ގަދަފަދަ ޣުބާރެއް ވެރިވަމުން ދާގޮތްވަނީ
އަދަ ފުނޯހުގެ ސިފަތަކަށް މޫސުން ފުރޮޅި ހަލަބޮލިވެފައި
ގަދަވެ މޫސުން ދަތުރު ކުރުމަށް ފަސްޖެހޭން ޖެހެމުންދަނީ
ފިކުރު ހިންގައި ބުއްދިކޮށްގެން ކަން ހިނގާ ގޮތްތައް ބަލައި
ޙިކުމަތުން ފަހި ދަތުރު ކޮށްދޭ ކެޔޮޅަކަށް ބޭނުންވަނީ